އެޗްޑީސީގެ ޑެޕިއުޓީ އެސިސްޓެންޓް ޑިރެކްޓަރު މަލްޝާ އެވޯޑާ ހަވާލު ވަނީ/ ފޮޓޯ: އެޗްޑީސީ
އެޗްޑީސީގެ ޑެޕިއުޓީ އެސިސްޓެންޓް ޑިރެކްޓަރު މަލްޝާ އެވޯޑާ ހަވާލު ވަނީ/ ފޮޓޯ: އެޗްޑީސީ
ހަބަރު 25 Oct 2026 | 06:07

އުފެއްދުންތެރިކަމުގެ މައުރަޒުގައި ސަރުކާރު ކުންފުނިތަކުގެ އެއްވަނަ އެޗްޑީސީއަށް

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ސަރުކާރު ކުންފުނިތަކުގެ ކެޓަގަރީން އެއްވަނަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ލިބިއްޖެއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި ކާމިޔާބީ ހޯދީ ރާއްޖޭގެ 30 އަށްވުރެ ގިނަ ސަރުކާރު ކުންފުނިތަކާ ވާދަކޮށްގެންނެވެ.

މި އެވޯޑާ އެޗްޑީސީގެ ފަރާތުން ހަވާލުވެޑައިގަތީ އެ ކުންފުނީގެ މާކެޓިން އެސިސްޓެންޓް ޑިރެކްޓަރު މަލްޝާ ޝަރީފު އެވެ. އެވޯޑް ހަވާލުކޮށްދެއްވީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އެވެ.

މި ފަހަރުގެ ގައުމީ އުފެއްދުންތެރިކަމުގެ އެވޯޑުގައި ޖުމްލަ 298 އެވޯޑެއް ދީފައިވެއެވެ. އެކި ދާއިރާތަކުން އެއްވަނައަށް 116 ފަރާތެއް ހޮވިފައިވާއިރު، ދެވަނައަށް 95 ފަރާތެއް ހޮވިފައިވެއެވެ. ތިންވަނައަށް ހޮވިފައިވަނީ 82 ފަރާތެކެވެ. މީގެ އިތުރުން، އެންމެ މަތީ ޝަރަފު ކަމުގައިވާ "ރަން" ވެސް ފަސް ފަރާތަކަށް ލިބިފައިވެއެވެ.

ބައެއް ބައިވެރިންނަށް އެކި ފަންތިތަކުން އެއް އެވޯޑަށްވުރެ ގިނަ އެވޯޑު ލިބިފައިވާއިރު، ވަނަތައް ހާސިލްކުރި ފަރާތްތަކުގެ ޖުމްލަ އަދަދަކީ 134 އެވެ.

ޚާއްޞަ އެވޯޑެއްގެ ގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގައި 14 ބައިވެރިއަކަށް 76 އެވޯޑެއް ވެސް ދީފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުނަދޫ އަލިފާނުގެ ހާދިސާ: އެއް ގެއެއް ވަރަށް ބޮޑަށް އަނދައި ބޮޑެތި ގެއްލުންތަކެއް؛ ދުމުގެ އަސަރު ކުރި މީހުންނަށް ފަރުވާދެނީ
25 Oct 2026 ހަބަރު

ފުނަދޫ އަލިފާނުގެ ހާދިސާ: އެއް ގެއެއް ވަރަށް ބޮޑަށް އަނދައި ބޮޑެތި ގެއްލުންތަކެއް؛ ދުމުގެ އަސަރު ކުރި މީހުންނަށް ފަރުވާދެނީ

އެންޑީއެމްއޭއިން އިތުރަށް ބުނީ ހާދިސާ ހިނގި ސަރަޙައްދުން އަދިވެސް އެއްޗެހި ގޮވާ އަޑު އިވެމުންދާތީ، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެ ސަރަޙައްދުގައި ހުރި ގޭގޭގެ މީހުން މިހާރު ވަނީ ރައްކާތެރި އެހެން ގެތަކަށް ވަގުތީ ގޮތުން ބަދަލުކޮށްފައި ކަމަށެވެ.

ތ. އަތޮޅުގެ ފަޅުރަށެއްގެ ގޮނޑުދޮށުން ”އިންސާނެއްގެ ކަތުރު ކަށިގަނޑެއް“ ފެނިއްޖެ
25 Oct 2026 ހަބަރު

ތ. އަތޮޅުގެ ފަޅުރަށެއްގެ ގޮނޑުދޮށުން ”އިންސާނެއްގެ ކަތުރު ކަށިގަނޑެއް“ ފެނިއްޖެ

މި ތަކެތި ފެނުނު މީހަކު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ކަނޑުފުށީ ގޮނޑުދޮށުން ރާޅު އަރާ ހިސާބުގައި އޮއްވައި އިއްޔެ ފެނުނީ އިންސާނެއްގެ ދަތްޕިލަ ނުވަތަ ކަތުރު ކަށިގަނޑެއް ކަމަށެވެ.

ފުނަދޫ ޕެޓްރޯލް ޝެޑްގައި އަލިފާން ރޯވުން: އަލިފާންގަނޑު ކޮންޓްރޯލް ނުވެ، 4 ގެއަކާއި 5 ގަރާޖަކަށް އަސަރުކޮށްފި
25 Oct 2026 ހަބަރު

ފުނަދޫ ޕެޓްރޯލް ޝެޑްގައި އަލިފާން ރޯވުން: އަލިފާންގަނޑު ކޮންޓްރޯލް ނުވެ، 4 ގެއަކާއި 5 ގަރާޖަކަށް އަސަރުކޮށްފި

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ )އެންޑީއެމްއޭ( އިން މަޢުލޫމާތު ދިން ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 8:00 ހާއިރު އެވެ. އަދި މިހާތަނަށް އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ނުވާއިރު، އެ ސަރަޙައްދުގައި ހުރި 4 ގެއަކަށާއި 5 ވޯކްޝޮޕް/ގަރާޖަކަށް ވަނީ އަލިފާނުގެ އަސަރު ފޯރާފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަޙައްދުގެ ގެތަކުގައި ދިރިއުޅޭ މީހުން މިހާރު ވަނީ އެ ސަރަޙައްދުން ހުސްކޮށްފައެވެ.

ށ. ފުނަދޫ ޕެޓްރޯލް ޝެޑްގައި ރޯވެ އަނދަނީ
25 Oct 2026 ހަބަރު

ށ. ފުނަދޫ ޕެޓްރޯލް ޝެޑްގައި ރޯވެ އަނދަނީ

އެތަނުގައި ރޯވި ސަބަބެއް އަދި ނޭނގޭއިރު، އަލިފާން ރޯވުމުގެ ސަބަބުން ރަށު ތެރެއަށް ދުންގަނޑު ވަނީ ފެތުރިފައެވެ.

ކުދި ވިޔަފާރިތަކަށް ބީއެމްއެލް މެދުވެރިކޮށް ޑޮލަރު ލިބުމާއި، ސަބްސްކްރިޕްޝަން ދެއްކުން އަންނަ މަހުން ފެށިގެން ފަހިވާނެ: ރައީސް
25 Oct 2026 ހަބަރު

ކުދި ވިޔަފާރިތަކަށް ބީއެމްއެލް މެދުވެރިކޮށް ޑޮލަރު ލިބުމާއި، ސަބްސްކްރިޕްޝަން ދެއްކުން އަންނަ މަހުން ފެށިގެން ފަހިވާނެ: ރައީސް

ރާއްޖޭގެ އުފެއްދުންތެރިންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް )ބީއެމްއެލް( ގެ ގޭޓްވޭ މެދުވެރިކޮށް، ދުނިޔޭގެ ކޮންމެ ތަނަކުން ވެސް ޔޫއެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.

ޓެކުހާ ގުޅޭ މުއާމަލާތްތަކުގައި އެސްއެމްއީ ވިޔަފާރިތަކަށް ވަރަށް އަވަހަށް ލުއިތަކެއް ލިބިގެންދާނެ: ރައީސް ޑރ. މުއިއްޒު
24 Oct 2026 ހަބަރު

ޓެކުހާ ގުޅޭ މުއާމަލާތްތަކުގައި އެސްއެމްއީ ވިޔަފާރިތަކަށް ވަރަށް އަވަހަށް ލުއިތަކެއް ލިބިގެންދާނެ: ރައީސް ޑރ. މުއިއްޒު

އެންމެ މުހިންމު ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ، ސަރުކާރުގެ މަސައްކަތްތައް ނަގައިގެން ކުރިއަށްގެންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދެވި ލަސްވުމުގެ ސަބަބުން ޓެކްސް ދެއްކުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމެވެ.

މީގެ ކުރިން ދުވަހަކު ވެސް ނުބޭއްވޭ ވަރުގެ ފުރިހަމަ ބޮޑު މައުރަޒެއް މިފަހަރު ބޭއްވިގެންދާނެ: ސައީދު
24 Oct 2026 ހަބަރު

މީގެ ކުރިން ދުވަހަކު ވެސް ނުބޭއްވޭ ވަރުގެ ފުރިހަމަ ބޮޑު މައުރަޒެއް މިފަހަރު ބޭއްވިގެންދާނެ: ސައީދު

ނިސްޓަރު ސައީދު ވިދާޅުވީ، މާދަމާ ރޭ ހުޅުވިގެންދާ މި މައުރަޒު ވެގެންދާނީ މިދިޔަ އަހަރާއި އަދި އޭގެ ކުރިން ބޭއްވުނު މައުރަޒުތަކާ އަޅާބަލާއިރު، ހުރިހާ ގޮތަކުން ވެސް އުފެއްދުންތެރިކަން އިތުރު މައުރަޒަކަށް ކަމަށެވެ.

އދ. ވާންޖެހޭނީ ޤާނޫނުތަކަށް ތަބާވާ، އިތުބާރާއި ޒިންމާދާރު މުއައްސަސާއަކަށް: ރައީސް ޑރ.މުއިއްޒު
24 Oct 2026 ހަބަރު

އދ. ވާންޖެހޭނީ ޤާނޫނުތަކަށް ތަބާވާ، އިތުބާރާއި ޒިންމާދާރު މުއައްސަސާއަކަށް: ރައީސް ޑރ.މުއިއްޒު

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އދ. ގެ އިތުބާރު ދެމިއޮތުމުގެ އަސްލަކީ ޤައުމުތަކުގެ މެދުގައި އޮންނަ އިތުބާރާއި ޒިންމާދާރުކަން ފާހަގަކުރައްވައި ވިދާޅުވީ، އެކަން ޙަޤީޤަތަކަށް ހެދޭނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ހަމަތަކަށް އެންމެހައި ޤައުމުތަކުން ތަބާވެ، މުޢާހަދާތައް ފުރިހަމައަށް ތަންފީޛުކުރެވިގެންކަމަށް ވިދާޅުވިއެވެ.