ހުޅުމާލެ ފޭސް ދޭއްގައި ހަދަމުންދާ މިސްކިތެއް.. ފޮޓޯ؛ ވޮއިސް
ހުޅުމާލެ ފޭސް ދޭއްގައި ހަދަމުންދާ މިސްކިތެއް.. ފޮޓޯ؛ ވޮއިސް
ހަބަރު 14 Oct 2026 | 15:24

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ

ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 14 މިސްކިތެއް ހުޅުވާނެކަން އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހާމަކުރައްވައިފިއެވެ.

މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ، ހުޅުވާ މިސްކިތްތަކުގެ ތެރޭގައި ހުޅުމާލޭގައި އަލަށް ބިނާކުރެވޭ ތިން ދާއިމީ މިސްކިތް ހިމެނޭ ކަމަށެވެ. އެ މެސެޖުގައި މިނިސްޓަރު ވަނީ މިސްކިތްތައް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވައިފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ގިނަ ޢަދަދެއްގެ މިސްކިތްތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، ބައެއް މިސްކިތްތަކުގެ ޢަމަލީ މަސައްކަތް މިހާރު ނިމިފައިވެއެވެ. އޭގެ އިތުރުން މި އަހަރުގެ ތެރޭގައި އިތުރު މިސްކިތްތަކެއް ބިނާކުރުމުގެ މަސައްކަތް ވެސް ވަނީ ހަވާލުކޮށްފައެވެ.

ހުޅުމާލޭގައި އިމާރާތް ކުރެވެމުންދާ ދާއިމީ މިސްކިތްތައް މި އަހަރު ނިމުމުގެ ކުރިން ހުޅުވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަމާޒު ހިފާފައެވެ. އެގޮތުން މިއަހަރުގެ ނިޔަލަށް ހުޅުމާލެގައި ހަދާފައިވާ ވަގުތީ މިސްކިތްތައް އުވާލާނޭކަމަށް މިނިސްޓަރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް (1)

ޖުންގު 3 weeks ago

މިސްިކިތް ހުޅުވާ. ނުއެއް ބަލަހައްޓާ. ނިކަން ބައްލަވަ. މި ފުރަ މާލޭގައި އެހެރަ ސަލްމާން މިސްކިތް. ވީރާނާ ވަމުން ވަމުން ގޮސް ލަދު ގަންނަވަރުވޭ. އެކަމަކު އަޅާލާނެ މީހަކު ނެތް. ހަމަ މިސްކިތް ހުޅުވުމުގައި.

ގުޅޭ ލިޔުންތައް

ޚިދުމަތްތެރި ދިވެހި މުދައްރިސް، މޫސާ އަލީ ނިޔާވެއްޖެ
07 Nov 2026 ހަބަރު

ޚިދުމަތްތެރި ދިވެހި މުދައްރިސް، މޫސާ އަލީ ނިޔާވެއްޖެ

މޫސާ އަލީ ނިޔާވެފައިވަނީ ބަލިވެ އުޅުއްވާތާ ގިނަ ދުވަސްތަކަކަށްފަހު، އައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
07 Nov 2026 ހަބަރު

ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ، މިރޭ 22:00 އާ ހަމައަށެވެ. މެޓް އޮފީހުން ވިދާޅުވީ، މި ވަގުތުތަކުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރެވެހި، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ކިލަނބުކޮށްލަން ހިންގާ ޖަރީމާތާކުން ރާއްޖެ ސަލާމަތްކުރުމުގައި ދެމިތިބެންޖެހޭ: ޝަހީމް
07 Nov 2026 ހަބަރު

ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ކިލަނބުކޮށްލަން ހިންގާ ޖަރީމާތާކުން ރާއްޖެ ސަލާމަތްކުރުމުގައި ދެމިތިބެންޖެހޭ: ޝަހީމް

ވަޒީރު ޝަހީމު މިހެން ވިދާޅުވެފައިވަނީ، މި މައްސަލައާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓަކުންނެވެ.

ހުޅުމާލެ ފޭސް ތިނެއް ސަރަހައްދުގައި މިރޭ ހަވާ އަރުވަނީ
07 Nov 2026 ހަބަރު

ހުޅުމާލެ ފޭސް ތިނެއް ސަރަހައްދުގައި މިރޭ ހަވާ އަރުވަނީ

ހަވާއެރުވުން ކުރިއަށްދާނީ މިރޭ 22:00އާއި 23:30އާ ދެމެދުގެ ވަގުތެއްގައި ގައެވެ. ހަވާއެރުވުން ކުރިއަށްދާނީ ތިން މިނެޓެއްހާއިރަށެވެ

ޅައިމަގަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް
07 Nov 2026 ހަބަރު

ޅައިމަގަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް

މި ހާދިސާގައި ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ވަނީ ފަޅައިގެން ގޮސްފައެވެ. އެމީހާއަށް ފަރުވާދެމުންދާކަމަށް މައުލޫމާތު ލިބެއެވެ.

ލ. ގަމުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފި
07 Nov 2026 އިލެކްޝަން ކޮމިޝަން

ލ. ގަމުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފި

މި ގޮފި ހުޅުވާފައިވަނީ، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ޤުރްއާން އުނގަންނައިދޭ މަރުކަޒުތައް ޤާއުމުކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ ހާއްސަ މަޝްރޫއުގެ ތެރެއިންނެވެ.

މާފުށީގައި ހެލޯވީން ފާހަގަކުރި މައްސަލާގައި، އިސްލާމިކް މިނިސްޓްރީގެ ބަހެއް ނެތް
05 Nov 2026 ހަބަރު

މާފުށީގައި ހެލޯވީން ފާހަގަކުރި މައްސަލާގައި، އިސްލާމިކް މިނިސްޓްރީގެ ބަހެއް ނެތް

ރާއްޖޭގައި ލޯކަލް ޓޫރިޒަމް އެންމެ ފުޅާދާއިރާއެއްގައި ފައްކާވެފައިވާ އެއް ރަށް ކަމަށްވާ ކ. މާފުށީގައި ކްރިސްޓިއަން ދީނުގެ މުނާސަބަތެއް ކަމަށްވާ "ހެލޯވީން" ފާހަގަކުރި މައްސަލައިގައި އިސްލާމިކް މިނިސްޓްރީން ހަނުހުރެއްޖެއެވެ.

އިސްލާމިކް ފައިނޭންސާއި ވަޤުފް ތަރައްޤީކުރުމަށް ރާއްޖެއާއި ޒެންޒިބާރާއި ދެމެދު މަޝްވަރާކޮށްފި
27 Oct 2026 ހަބަރު

އިސްލާމިކް ފައިނޭންސާއި ވަޤުފް ތަރައްޤީކުރުމަށް ރާއްޖެއާއި ޒެންޒިބާރާއި ދެމެދު މަޝްވަރާކޮށްފި

އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އިސްލާމިކް ފައިނޭންސާއި، ޒަކާތުގެ އިދާރީ ހިންގުން ވަރުގަދަކުރުމުގެ އިތުރުން ވަޤުފް ތަރައްޤީކުރުމުގެ ދާއިރާއިން ދެފަރާތް ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ މެދުގައެވެ.