ފެންބިލް ޖޫރިމަނާތައް މަޢާފުކޮށްދިނުމަށް ނިންމައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އެމްޑަބްލިއުއެސްސީގެ ފެން ބިލްތަކަށް އަރާފައިވާ ބައެއް ޖޫރިމަނާތައް މާފުކޮށްދޭން ނިންމައިފިއެވެ.
އެމްޑަބްލިއުއެސްސީ އިން މިރޭ އާންމުކުރި ބަޔާނެއްގައިބުނެފައި ވަނީ ރައްޔިތުންނަށް ކަންކަން ލުއިފަސޭހަ ކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ބިލް ނުދެއްކި ޖޫރިމަނާ ވެފައި ހުރި ބައެއް ފެން ބިލްތަކަށް އަރާފައިވާ ޖޫރިމަނާ މާފު ކޮށްދިނުމުގެ އުސޫލެއް ތައާރަފުކޮށްފައިވާ ކަމަށެވެ.
އަދި އެ އުސޫލުގެދަށުން ކަނޑައެޅިފައިވާ ހާލަތްތަކަށް ބަލައި، ގިނަ އަދަދެއްގެ ކަސްޓަމަރުންގެ ފެން ބިލަށް އަރާފައިވާ ޖޫރިމަނާ 100 ޕަސެންޓާ ހަމައަށް މާފުވުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ފެން ކުންފުނީގެ ބަޔާނުގައި ބުނެފައިވެއެވެ.
ސަރުކާރުންވަނީ މިއަހަރު ތެރޭގައި ޓްރެފިކް ޖޫރިމަނާގެ އިތުރުން ހުޅުމާލެ ފްލެޓް ޖޫރިމަނާތަކަށްވެސް މަޢާފުދެއްވުމަށް ނިންމަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް