ޕީއެންސީގެ ތަރުޖަމާނަކަށް ހީނާ ވަލީދު ހަމަޖައްސައިފި
ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ތަރުޖަމާނަކަށް ކުރީގެ މަޝްހޫރު ޕްރެޒެންޓަރ ހީނާ ވަލީދު ހަމަޖައްސައިފިއެވެ.
ޕީއެންސީގެ ތަރުޖަމާނެއްގެ މަގާމަށް ހީނާ ހަމަޖައްސާފައިވަނީ އެޕާޓީގެ މަޝްވަރާ މަޖިލީހުންނެވެ. މި ނިންމުމާއި ގުޅިގެން ހީނާ ވަނީ ޕީއެންސީން، މީޑިޔާތަކާއި އެކު ޚާއްސަ ގުޅުމެއް ބާއްވާނެކަމަށް ވިދާޅުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ހީނާ ވަނީ މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ދިއްގަރު ދާއިރާއަށް ޕީއެންސީގެ ޓިކެޓެއްގައި ވާދަކުރައްވައިގެން ބަލިވެ ވަޑައިގަންނަވާފައެވެ.
ހީނާ އަކީ ޕީއެންސީގެ މަޝްވަރާ މަޖިލީހުގެ މެންބަރެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް