އެމްޑީޕީގެ ލީޑަރޝިޕް އިންތިޚާބު މާދަމާ އޮންނާނެ!
އެމްޑީޕީގެ ލީޑަރޝިޕް އިންތިޚާބުގެ ވޯޓުލުން މާދަމާ ކުރިއަށްދާނެއެވެ.
މާދަމާ މެންދުރު 2:00 އިން އިރުއޮއްސި 6:00 އަށް ކުރިއަށްދާ މި އިންތިޚާބުގައި އެމްޑީޕީއަށް ނިސްބަތްވާ 87،439 މެންބަރުންނަށް ވޯޓު ލެވޭ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
މި އިންތިޚާބުގައި ހޮވުމަށް ހަމަޖެހިފައިވަނީ އެޕާޓީގެ ރައީސްއާއި ނައިބު ރައީސްކަމުގެ މަގާމެވެ. އެޕާޓީގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލައްވާފައިވަނީ މިހާރުވެސް އެމަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ނައިބު ރައީސްކަމުގެ މަގާމަށް ކުރިމަތިލައްވާފައިވަނީ މިހާރުވެސް އެމަގާމުގައި ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް އާއި ހިތަދޫ އުތުރު މެންބަރު މުހައްމަދު އަސްލަމެވެ.
މި އިންތިޚާބުގެ ވޯޓުލުން މާލެއާއި އަތޮޅުތެރޭގެ ރަށްތަކުގެ އިތުރުން ސްރީލަންކާގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް