ރާއްޖޭގެ ފްލައިޓެއްގައި އަންހެނަަކަށް ފުރައްސާރަކޮށްފި
ރާއްޖޭގެ ޑޮމެސްޓިކް ފްލައިޓެއްގެ ތެރޭގައި ދިވެހި އަންހެންކުއްޖަކަށް ފުރައްސާރަކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފޭސްބުކްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުގައި އެންއެސް މަރިޔަމަތިއަސް ނަމަކަށް ކިޔާާ އެމްއެންޔޫގެ ބިދޭސީ ލެކްޗަރަރ އަކު ވަނީ ފްލައިޓްގައި އޭނާގެ ފަހަތުން އިން އަންހެންކުއްޖާއަށް ބޭއަދަބީ އިޝާރާތްތައްކޮށް، ހަޑިހުތުރު މަންޒަރުތައް ފޯނު މެދުވެރިކޮށް ދައްކާފައެވެ.
އަދި އޭނާގެ އަތްދަބަހުން އަންހެނުން އަޅާ ބްރާއެއް ނެގުމަށްފަހު އެ ބްރާވެސް ދެއްކިކަމަށް އެ ޕޯސްޓްގައި ބުނެފައިވެއެވެ.
މި މީހާގެ ވާހަކަ ވަނީ ފްލައިޓް ލޭންޑްކުރުމުން ކެބިން ކްރޫންނަށް އެންގިފައިކަމަށް ފުރައްސާރަ ކުރިމަތިވި އެ އަންހެންކުއްޖާ ލިޔުުނު ޕޯސްޓްގައި ބުންޏެވެ.
ދާދިފަހުންވެސް ވަނީ މަގުމަތިން އަންހެން ކުއްޖަކާއި ފޮށުނު މައްސަލައެއް ފެންމަތިވެ، އެ މީހާ ހައްޔަރުކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް