ފަތުރުވެރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި
ފަތުރުވެރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި
ވިޔަފާރި 03 Sep 2022 | 07:46

މިދިޔަ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 8 ޕްސެންޓު ދަށަށް!

މި ދިޔަ އޯގަސްޓުމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދަށްވެއްޖެއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިދިޔަ އަހަރުގެ އޮގަސްޓް މަހު 131,863 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.

މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 143,599 ޓޫރިސްޓުންނާ އަޅާބަލާނަމަ 8.3 ޕަސެންޓުގެ ދަށްވުމެކެވެ. އަދި 2019 ވަނަ އަހަރު އައި 139,338 ޓޫރިސްޓުންނާ އަޅާބަލާނަމަވެސް 5.6 ޕަސެންޓުގެ ދަށް އަދަދެކެވެ.

މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މަހު ފަތުރުވެރިން އައި ނިސްބަތް މި އަހަރުގެ އެހެން މަސް މަހާ އަޅާބަލާއިރު ދަށްވި ނަމަވެސް މިއަހަރު ޖުމުލަ އައި ފަތުރުވެރިންގެ ނިސްބަތް ވަނީ އިތުރުވެފައެވެ.

މި އަހަރުގެ މިހާތަނަށް 1,078,635 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 755,966 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ 42.7 ޕަސެންޓުގެ އިތުރުވުމެކެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖޭގައި އެވްރެޖުކޮށް ފަތުރުވެރިން މަޑުކޮށްފައި ވަނީ 8.2 ދުވަހު އެވެ. އަދި ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް ރާއްޖެ އަންނަނީ 4,439 ފަތުރުވެރިންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް