ނިހާން އެސްޓީއޯއަށް މިލިޔަނަކަށްވުރެ ގިނަ ރުފިޔާ ދައްކަންޖެހޭ، ފައިސާ ހޯދުމަށް ދައުވާާކޮށްފި
ޕީއެންސީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކުގެ އަތުން އެއް މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް އެސްޓީއޯއިން ދައުވާކޮށްފިއެވެ.
ނިހާންގެ މައްޗަށް އެކުންފުނިން ދައުވާކޮށްފައިވަނީ ހާބަރު ފުޑް ކޯޓުގެ އައުޓްލެޓެއް ކުއްޔަށް ނެގުމަށްފަހު އެތަނަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުންނެވެ. ހާބަރު ފުޑް ކޯޓު ނުވަތަ ރައިވެރިބޭ ކޮއްތުވެނީގެ ކަންކަން ބަލަހައްޓަނީ އެސްޓީއޯއިންނެވެ.
އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ބޭއްވިއިރު، ނިހާން މައްސަލައިގެ އަޑުއެހުމަށް ވަޑައިނުގަންނަވާ ކަމަށްވެއެވެ.
އެތަނަށް ކުއްޔާއި ޖޫރިމަނާއަށް މިހާތަނަށް 1.1 މިލިއަން ރުފިޔާ އަރާފައިވާ ކަމަށް ދައުވާގައި ވަނީ ފާހަގަކޮށްފައެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ނިހާން އެތަނަށް އެއްވެސް ފައިސާއެއް ދައްކާފައި ނުވާ ކަމަށް ވަނީ ދައުވާގައި ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް