ގާސިމާއި ރައީސް ޔާމީން އަނެއްކާވެސް އެއްގަލަކަށް އަރައިފި
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމާއި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން، އަނެއްކާވެސް އެއްގަލަކަށް އަރުއްވައިފިއެވެ.
އެގޮތުން މިދެބޭފުޅުންގެ ޕާޓީތަކުން ގުޅިގެން ވަނީ އަންނަ މަޖިލިސް އިންތިޚާބަށް ވާދަކުރުމަށް ނިންމާފައެވެ.
މިކަން އިއުލާންކުރުމަށް މިރޭ ކުނޫޒުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވަނީ ވެރިކަމަށް އައުމާއެކު ޖުމްހޫރީ ޕާޓީ މަގުމައްޗަށް އެއްލާލާފައިވާކަމަށް ވިދާޅުވެފައެވެ.
އެގޮތުން ޕީޕީއެމްއިން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނީ 32 ދާއިރާއަކަށެވެ.
އަދި ޕީއެންސީ އަދި ޑީއާރްޕީން 13 ދާއިރާއަކަށް، ޖުމްހޫރީ ޕާޓީން 38 ދާއިރާއަކަށް ވާދަކުރާއިރު، އެމްޑީއޭއިން ހަތަރު ދާއިރާއަކަށް ވާދަކުރާނެއެވެ.
ޕްރޮގްރެސިވް ކޯލިޝަނާއި ޖޭޕީން ދެފަރާތުގެ ކެނޑިޑޭޓުންނަށް ތާއިދުކޮށްގެން މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ނިންމިއިރު، ގާސިމް ވަނީ އެކޮޅުކޮޅުން އެލުވާފައި ކާޅަށް ކޮށައި ކާންދިނަސް ރައީސް އަބްދުﷲ ޔާމީނަށް ދުވަހަކު ވެސް ދެން ތާއީދު ނުކުރައްވާނެ ކަމަށް 2017ވަނަ އަހަރު ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް