މާޒިޔާ ޝީލްޑާއެކު.. ފޮޓޯ: އެފްއޭއެމް
މާޒިޔާ ޝީލްޑާއެކު.. ފޮޓޯ: އެފްއޭއެމް
ކުޅިވަރު 01 Aug 2026 | 05:14

ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ކޮމިޔުނިޓީ ޝީލްޑް މެޗް ނިއުރޭޑިއަންޓް ބަލިކޮށް މާޒިޔާ ކާމިޔާބުކޮށްފިއެވެ.

ކޮމިޔުނިޓީ ޗެރިޓީ ޝީލްޑް މެޗަށް ނިއުރެޑިއަންޓް ނިކުތްއިރު އެޓީމް ވަނީ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބޮޑެތި ހަރަދުތަކެއްކޮށް މޮޅު ކުޅުންތެރިން ހޯދާފައެވެ. ރޭ ކުޅުނު ކޮމިޔުނިޓީ ޝީލްޑް މާޒިޔާ ކާމިޔާބުކޮށްފައިވަނީ، 5-3 ގެ ނަތީޖާއިންނެވެ. މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.

މިމެޗްގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައިވަނީވެސް ނިއުއިންނެވެ. އެޓީމް ވަނީ ފުރަތަމަ ހާގްގައި ތިން ލަނޑު ޖަހާފައެވެ. މާޒިޔާއިން ނިއުގެ މައްޗަށް ކުރި ހޯދީ ފަހަތުން އަރައިގެންނެވެ.

މެޗްގައި ނިއުއަށް ގޯލް ހުޅުވާލަދިނީ މި ސީޒަނުގައި އެޓީމަށް އަލަށް ގެނައި ބްރެޒިލްގެ ފޯވަޑް ޑޮރިއެލްޓަން ގޯމޭސް އެވެ. ނިއުގެ ދެވަނަ ލަނޑު ޖެހީ އަލީ ފާސިރު ސެންޓޭ އެވެ. ނިއުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޑޮރިއެލްޓަން އެވެ.

މެޗްގައި މާޒިޔާއިން ޖެހި ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ އިލާން އެވެ. ދެވަނަ ލަނޑު ފޭދޫ އިއްބެ ކާމިޔާބުކޮށްދިންއިރު، ތިންވަނަ ލަނޑު ޖެހީވެސް ފޭދޫ އިއްބެއެވެ. މެޗްގައި ފެނިގެންދިޔަ މާޒިޔާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިލާންއެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި މާޒިޔާއިން ވަނީ ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކޮށްފައެވެ.

މިމެޗް ކާމިޔާބުކޮށް ޗެރިޓީ ޝީލްޑް މާޒިޔާ ކާމިޔާބުކުރިއިރު، އެޓީމް ހިމެނެނީ ޗެރިޓީ ޝީލްޑް މެޗް އެންމެ ކަމިޔާބު ޓީމްގެ ގޮތުގައެވެ. އެޓީމް ވަނީ މިހާތަނަށް ހަތް ފަހަރު ޗެރިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް