ފިޝް ބަން
ފިޝް ބަން
ލައިފްސްޓައިލް 28 Mar 2024 | 04:25

މިއަދު މިއޮތީ މީރުކޮށް ފިޝް ބަން ތައްޔާރު ކޮށްލާނެ ގޮތް!

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ވަރަށް މީރުކޮށް ފިޝްބަންސް ތައްޔާރު ކޮށްލާނެ ގޮތެވެ. ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ.

ފުށްގަނޑަށް ބޭނުންވާ ތަކެތި

1 1/2 ޖޯޑު ފުށް

2 ސައި ސަމުސާ ޔީސްޓް

1 ސައި ސަމުސާ ހަކުރު

1 މޭޒުމަތީ ސަމުސާ ތެޔޮ

10 ގުރާމު ބަޓަރ

ފެން

ލޮނު

ތައްޔާރުކުރާނެ ގޮތް

1) ފުށުގެ ތެރެއަށް ހުރިހާ އެއްޗެއް އަޅައިގެން މޮޑެލާށެވެ. އަތުން މޮޑޭނަމަ، ބަޓަރ އެއްކުރާނީ ފަހުންނެވެ.

2) އެއަށްފަހު މަތި ޖެހި އެއްޗެއްގައި 30 މިނެޓް ވަންދެން ފުށްގަނޑު ރަނގަޅަށް ފުފެންދެން ބާއްވާށެވެ.

މަސްގަނޑަށް ބޭނުންވާ ތަކެތި

1 ފިޔާ ( ތުނިކޮށް ކޮށާފައި)

1 ދަޅު މަސް

1 ސައި ސަމުސާ މުގުރި އަސޭމިރުސް

3 ލޮނުމެދު ( ކުދިކޮށް ކޮށާފައި)

1 ސައި ސަމުސާ މުގުރުރި މިރުސް

1 ގިތެޔޮ މިރުސް (ކުދިކޮށް ކޮށާފައި)

1 ހިކަނދިފަތް

ތެޔޮ (މަސް ދަޅުގެ ތެޔޮ)

ލޮނު (ނޫޑްލްސް ސޫޕް ޕެކެޓް)

1/2 ސައި ސަމުސާ އިނގުރު ޕޭސްޓް

1 ސައި ސަމުސާ ޓޮމާޓޯ ޕޭސްޓް

1 ސައިސަމުސާ ކުކުޅު ހަވާދު ( ޕެކެޓް/ހިކި ހަވާދު)

ކުޑަ ފެންފޮދެއް

1 ބިސް ( ބަނަހުގެ މަތީގައި އުނގުޅަން)

ތައްޔާރު ކުރާނެ ގޮތް

1) ތެއްޔަށް ތެޔޮ ފޮދު އަޅާފައި ތެޔޮ ހޫނު ވުމުން ލޮނުމެދު ކޮޅު އަޅާލާށެވެ. ކުޑަކޮށް ލޮނުމެދު ފްރައި ވުމުން ފިޔާ ކޮޅާއި ގިތެޔޮ މިރުހާއި، ހިކަނދިފަތް ކޮޅު އަދި އިނގުރު ޕޭސްޓް އަޅާލާށެވެ.

2) ދެން ހަވާދު، މުގުރި މިރުސް، އަސޭމިރުސް، ޓޮމާޓޯޕޭސްޓް އަދި ފެންފޮދު އަޅައި 5 މިނެޓް ވަންދެން ކައްކާލާށެވެ.

3) އެއަށް މަސްދަޅު އަޅައިގެންވެސް 5 ވަރަކަށް މިނެޓް ކައްކާާފައި ލޮނު ހެޔޮވަރު ކޮށްލާފައި އުނދުން ނިއްވާލާށެވެ

4) ބަން ހެދުމަށް، ކުރިން މޮޑެފައި ބެހެއްޓި ފުށްގަނޑުން ގުޅަ ހެދުމަށްފަހު އޭތި ކުޑަކޮށް ދަމާލާފައި އޭގެ ތެރެއަށް މަސް އަޅައި ހުރިހާ ދިމާއަކުން ބައްދާލުމަށްފަހު، ތިނެސްކަން ބަށްޓަމަށް، ނޫނީ ބަނަސް ހުންނަ ގޮތަށް ވަށްކޮށް ހަދާލާށެވެ.

5) ދެން އޭގެ މަތީގައި ރޯ ބިސް ހާކައި ފިހެލާށެވެ. އަވަނުގެ ހޫނުމިން ބަހައްޓާނީ 250 ޑިގްރީ ސެލްސިއަސް ގައެވެ. 15 ވަރަކަށް މިނެޓުން ފިހެވޭނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ
27 Feb 2026 ލައިފްސްޓައިލް

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ

ރޯދަ ވީއްލާ ގަޑީގައި ކުޅި އެއްޗެއް ކައިލުމަށްފަހު ފޮނި އެއްޗެއްގެ ރަހަބަލާލުމަށް ބޭނުންވާ މީހުން މަދެއް ނޫނެވެ. މިއީ އެފަދަ މީހުން ތައްޔާރު ކޮށްލަން ރަނގަޅު، ފަސޭހަ ގޮނި އެއްޗެއްގެ ރެސިޕީއެވެ. ބޭނުންވ...