ޕިއްޒާ ކޯން
ޕިއްޒާ ކޯން
ލައިފްސްޓައިލް 06 Mar 2026 | 03:58

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވެ.

ބޭނުންވާ ތަކެތި

500ގ ކުކުޅު (މުގުރާފައި/ ކުދިކޮށް ކޮށާފައި)

1 ފިޔާ (ޗޮޕް ކޮށްފައި)

1 މޭޒުމަތީ ސަމުސާ ލޮނުމެދު ޕޭސްޓް

4 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް

1 ސައި ސަމުސާ އަސޭމިރުސް

1 ސައިސަމުސާ ލޮނުމެދު ޕައުޑާ

1/2 1 ސައިސަމުސާ މުގުރި ރަތް މިރުސް

1 ސައިސަމުސާ ޗިލީ ފްލޭކްސް

1 ޖޯޑު ބެލްޕެޕާ (ކުދިކޮށް ކިޔުބްކޮށް ކޮށާފައި)

2 މޭޒުމަތީ ސަމުސާ ތެޔޮ

ލޮނު

8 ޓޯޓީއާ

16 ޓޫތް ޕިކް

ސްޕްރޭ ކޮށްލަން ތެޔޮ ފޮދެއް

މޮޒެރެއްލާ ޗީޒް

ތައްޔާރު ކުރާނެގޮތް

ޓޯޓީއާތައް މެދުން ފަޅާލުމަށްފަހު ކޯން އެއްގެ ބައްޓަމަށް އޮޅާލުމަށްފަހު ޓޫތްޕިކް އިން ހަރުކޮށްލާށެވެ. ދެން ތެޔޮ ސްޕްރޭ ކޮށްލުމަށްފަހު، އަވަނަށްލައި، ބޭރު ރަންމުށިކުލަ އަރަންދެން ފިހެލާށެވެ.

މަސްގަނޑު ތައްޔާތު ކޮށްލުމަށް ފިޔާ، ލޮނުމެދު ޕޭސްޓް ތެޔޮ ފޮދުގައި ފްރައިކޮށްލާށެވެ.

ދެން ކުކުޅު، ލޮނު، އަސޭމިރުސް، ލޮނުމެދު ޕައުޑާ، މުގުރި މިރުސް އަދި ޓޮމާޓޯ ޕޭސްޓް، އެޅުމަށްފަހު ކުކުޅުކޮޅު ރޯފިލަންދެން ކައްކާލާށެވެ.

ރޯ ފިލުމުން، ޗިލީ ފްލޭކްސް، އަދި ބެލްޕެޕާ ކޮޅުވެސް އަޅާލާށެވެ. މާ ހިކި ނަމަ، ކުޑަ ފެންފޮދެއް އަޅައިގެން މަޑު ގިނީގައި އިރުކޮޅަކު ކައްކާލާށެވެ.

އެއަށްފަހު، މަސްގަނޑު، ކުރިން ތައްޔާރު ކުރި ކޯންގެ ތެރެއަށް އަޅާށެވެ. އަދި އޭގެ މައްޗަށް ގާނާފައި ހުރި ޗީޒްވެސް އަޅާލާށެވެ.

ދެން، ކޯންތައް ލެވޭ ކަހަލަ ފުން ޓްރޭ އަކަށް އެ ކޮޅަށް ހުންނަ ގޮތަށް ލުމަށްފަހު، ޗީޒްކޮޅު މެލްޓް ވަންދެން އަވަނަށްލައި ފިހެލާށެވެ.

ޕިއްޒާ ކޯން އެހުރީ ތައްޔާރު ވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ
27 Feb 2026 ލައިފްސްޓައިލް

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ

ރޯދަ ވީއްލާ ގަޑީގައި ކުޅި އެއްޗެއް ކައިލުމަށްފަހު ފޮނި އެއްޗެއްގެ ރަހަބަލާލުމަށް ބޭނުންވާ މީހުން މަދެއް ނޫނެވެ. މިއީ އެފަދަ މީހުން ތައްޔާރު ކޮށްލަން ރަނގަޅު، ފަސޭހަ ގޮނި އެއްޗެއްގެ ރެސިޕީއެވެ. ބޭނުންވ...

މިއަދު ރޯދަ ވިއްލާގަޑީގައި ކާލަން ޕިއްޒާ ޕޮކެޓް ކިހިނެއް ވާނެ؟
24 Feb 2026 ލައިފްސްޓައިލް

މިއަދު ރޯދަ ވިއްލާގަޑީގައި ކާލަން ޕިއްޒާ ޕޮކެޓް ކިހިނެއް ވާނެ؟

ޕިއްޒާއަކީ އަހަރެމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް ކަމުދާ ވަރަށް މީރު އެއްޗެކެވެ. އަދި ޕިއްޒާ ޕޮކެޓް އަކީ ޕިއްޒާއަށްވުރެވެސް މީރު، އަނގަޔަށް ވިރިގެންދާ ފަދަ ހެދިކާއެކެވެ. މިއަދު ވޮއިސްގެ ބަދިގެއި...