މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން އެއްޗަކަށްވާނެއެވެ. މި ތައްޔާރު ކޮށްލަންވެސް މާ ގިނަ ވަގުތެއް އަދި އެއްޗެއްވެސް ބޭނުމެއް ނުވާނެއެވެ.
ބޭނުންވާ ތަކެތި
3 ކިޔުކަންބާ
1/4 ޖޯޑު ހެލެންބެލި
1/2 ޖޯޑު ފެން
2 ސައިސަމުސާ ހަކުރު
ނޫޑްލްސް ސޫޕް
1/2 ސައިސަމުސާ ލޮނުމިރުސް (ކުޅި ކުރަން ބޭނުން ނަމަ ގިނަ ކުރެވިދާނެ)
1 ލުނބޯގެ ހުތް
1/2 ސައި ސަމުސާ ތެޅިމިރުސް
ތައްޔާރު ކުރާނެގޮތް
1) ކިޔުކަންބާތަކުގެ ތޮށި މަށާލާފައި، މެދުން ބުރިކޮށްލުމަށްފަހު، އެތެރޭގައިވާ އޮށްތައް ނަގައި ތައްޓަކަށް އަޅާލާށެވެ.
2) އިތުރު ތައްޓަކަށް ހެލެންބި އަޅާލުމަށްފަހު، ފެންފޮދު އަޅާލާށެވެ. ދެން ހެލެންބެލީގެ އޮށްތައް ނެގުމަށްފަހު ބާކީ ބައި، ފެނާއެކު ރަނގަލަށް އެކުވަންދެން މޮޑެލާށެވެ.
2) އެއަށްފަހު ހަކުރު، 1/2 ސައިސަމުސާ ނޫޑްލްސް ސޫޕް، ލުނބޯ ހުތް އަދި ލޮނު މިރުސް އަޅާލުމަށްފަހު އެކުލަވާލާށެވެ. ބޮޑަށް ކުޅިކުރަން ބޭނުން ނަމަ ގިނަ ލޮނު މިރުސް އަޅާށެވެ.
3) ދެން ކިޔުކަންބާއިން ނެގި އޮށްތައް ހެލެންބެލި މިކްސް އަށް އަޅާލައި ސަމުސަލަކުން ރަނގަޅަށް އެކުލަވާލާށެވެ.
4) ޑްރައި މިކްސް ހެދުމަށް، ތެޅި މިރުސް، 1/2 ސައިސަމުސާ ސޫޕް ޕެކެޓް ތައްޓެއްގައި އެކުލަވާލާށެވެ. ބޭނުން ނަމަ އިތުރު ސްޕައިސަސް އެޅިދާނެ އެވެ.
5) ދެން ކިޔުކަންބާގެ އަނގަޔަށް ވީ ބައިގައި މިކްސްގައި ޖައްސާލައި، ރަނގަޅަށް އަނގައިގައި މިކްސް ހާކާލާށެވެ.
6) އެއަށްފަހު ހެލެންބެލި މިކްސް ކިޔުކަންބާ ތެރެއަށް އަޅާލުމަށްފަހު ކާލާށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް