ޗިކަން ޓިއްކާ
ޗިކަން ޓިއްކާ
ލައިފްސްޓައިލް 23 Oct 2026 | 04:17

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ

ޗިކަން ޓިއްކާއަކީ ދިވެހިންގެ މެދުގައިވެސް ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މީރު ކެއުމެކެވެ. ރޮށި، ނާން ނުވަތަ ބަތާއެކު ވެސް ކާލަން ނުހަނު މީރު މި ޑިޝްއަކީ ހުކުރު ދުވަހުގެ މެންދުރު ކެއުމަށް ކަމުދާނެ ޑިޝްއެކެވެ. މިއަދު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ގޭގައި ތިބެގެން ރެސްޓޯރެންޓްތަކުގެ ރަހަ ގެނެސްދޭނެ، ޗިކަން ޓިއްކާއެއްގެ ރެސިޕީއެވެ.

ބޭނުންވާ ތަކެތި:

500ގ ބޯންލެސް ޗިކަން (ބޮޑަށް މީރުވާނީ ކުކުޅުގެ ފަލަމަސްގަނޑު)

75ގ ޕްލެއިން ގްރީކް ޔޯގަޓް

2 މެޒުމަތީ ސަމުސާ އިނގުރު އަދި ލޮނުމެދު ޕޭސްޓް

1 މޭޒުމަތީ ސަމުސާ ކުކުޅު ހަވާދު

1 ސައިސަމުސާ ދިރި (މުގުރާފައި)

1 ސައިސަމުސާ ކޮތަނބިރި ޕައުޑާ

1/2 ސައިސަމުސާ ރީނދޫ

1 ސައިސަމުސާ ސްމޯކްޑް ޕަޕްރިކާ

2 ސައިސަމުސާ މުގުރި މިރުސް

1 މޭޒުމަތީ ސަމުސާ ލުނބޯ ހުތް

1/2 ސައިސަމުސާ އަސޭމިރުސް (މުގުރާފައި)

ލޮނު (ރަހަލާވަރަށް/ ގާތް ގަނޑަކަށް 1 1/2 ސައިސަމުސާ ރަނގަޅު ވާނެއެވެ.

ރަތްކުލައިގެ ކާކުލަކޮޅެއް( ބޭނުންނަމަ)

ތައްޔާރުކުރާނެ ގޮތް:

1- ޗިކަން ބްރެސްޓް ބޭނުންކުރާ ނަމަ، ތުނި ކޮށްލުމަށް މެދުން ފަޅާލާށެވެ. ތައި ބޭނުންކުރާ ނަމަ ޅިޔަ އަޅާލާށެވެ.

2- ދެން ބޮޑު ބޯތަށްޓަކަށް ހުރިހާ ބާވަތްތަކެއް (ކުކުޅު، ޔޯގަޓް، ސްޕައިސަސް، އިނގުރު-ލޮނުމެދު ޕޭސްޓް، ލުނބޯހުތް ، ލޮނާއި އަސޭމިރުސް، ކާކުލަ) އަޅައި، ރަނގަޅަށް އެއްކޮށްލާށެވެ.

3- އެއަށްފަހު، ތަށީގެ މަތި ބަންދުކޮށްފައި މަދުވެގެން ދެ ގަޑިއިރު ވަންދެން ފުރިޖުގައި ބަހައްޓާށެވެ. އެންމެ މީރު ރަހަ ނެރުމަށްޓަކައި ރޭގަނޑު އެއްކޮށް މެރިނޭޓްވާން ބެހެއްޓުން ވަރަށް ރަނގަޅެވެ.

4- ދެން 220 ޑިގްރީ ސެލްސިއަސްއަށް 5 މިނެޓް ވަންދެން، އަވަން ހޫނުކޮށްލަން ބަހައްޓާށެވެ. އެއަށްފަހު، މެރިނޭޓްކުރި ކުކުޅުކޮޅުތައް ޓްރޭއަކަށްލުމަށްފަހު ފިހަން ލާށެވެ.

5- ގާތްގަނޑަކަށް 20 މިނެޓް ފިހެވުމުން މެރިނޭޓްކުރި އިރު ހެދި ސްޕައިސް ޕޭސްޓްގެ ތެރެއިން ބޯތަށީގައި ހޭކިފައި ހުރި ބައި ކުކުޅުމަތީގައި އުނގުޅާލާށެވެ. މި ވަގުތުގައި ބޭނުން ނަމަ، ލުނބޯ ހުތްކޮޅެއްވެސް އުނގުޅާލެވިދާނެއެވެ. ދެން ކުކުޅު ރަނގަޅަށް ރޯފިލަންދެން ފިހެލާށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ
27 Feb 2026 ލައިފްސްޓައިލް

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ

ރޯދަ ވީއްލާ ގަޑީގައި ކުޅި އެއްޗެއް ކައިލުމަށްފަހު ފޮނި އެއްޗެއްގެ ރަހަބަލާލުމަށް ބޭނުންވާ މީހުން މަދެއް ނޫނެވެ. މިއީ އެފަދަ މީހުން ތައްޔާރު ކޮށްލަން ރަނގަޅު، ފަސޭހަ ގޮނި އެއްޗެއްގެ ރެސިޕީއެވެ. ބޭނުންވ...