N/A
N/A
ހަބަރު 01 Aug 2019 | 19:28

ޢަދާލަތު ޕާޓީގެ މެންޑޭޓު ރަނގަޅު ކުރަން ޖެހޭ!

ޢަދާލަތު ޕާޓީ އަކީ ގިނަ ޢިލްމުވެރިންތަކެއްގެ ބައިވެރިވުމާއެކު ވުޖޫދުވެފައިވާ ޕާޓީއެކެވެ. އެއީ ދީނީ ފިކުރުގެ ޕާޓީއެއް ސިޔާސީ މައިދާނުގައި އޮންނަ ޖެހޭނެ ކަމަށް އެބޭފުޅުންނަށް ޤަބޫލު ކުރެވުނު ހިނދު އުފަންވެގެން އައި ޕާޓީއެކެވެ.

ޢަދާލަތު ޕާޓީ އުފަންވެގެން އައި މަންހަޖަކީ، ފަލްސަފާއަކީ، ދީނީ ފަލްސަފާއެއް ކަމާ މެދަކު ޝައްކެއްނެތެވެ. އެއީ، އިސްލާމްދީނަށް އައިސްދާނެ، ގޮންޖެހުންތަކަކާ ކުރިމަތިލުމުގެ ބޭނުމުގައެވެ. ޚާއްޞަކޮށް، ޢިލްމާނީ ފިކުރުގެ މީހުންގެ ކިބައިން ރާއްޖެއަށް އައިސްދާނެ ނުރައްކަލަކާ ދެކޮޅަށެވެ. ދީނީ މިނިވަން ކަމަށް މިޤައުމު ހުޅުވާލަފާނެ ކަމުގެ ބިރަށެވެ. އިސްލާމީ ޝަރީޢަތް އެއްފަރާތް ކުރުމަށްފަހު، ޢަލްމާނީ ދަޢުލަތަކަށް މި ދިވެހިރާއްޖެ ބަދަލުކޮށްފާނެތީއެވެ. އިންސާނީ ޙައްޤުތަކުގެ ނަމުގައި، އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ ލިވާޠުފަދަ ބޮޑެތި ފާފަތަކަށް ޖާގަ ދީފާނެތީއެވެ.

އެކަމާއިގެން ނުސީދާކޮށް ނަމަވެސް ވަކާލާތު ކުރަނީ ކޮންބައެއްކަންވެސް އެނގޭ ޙާލުގައެވެ. އަދި، އެބައިމީހުންގެ ފަހަތުގައި ހުޅަނގުގެ ބާރުތައްވެސް އޮތްކަން އެނގޭ ޙާލުއެވެ. އަދި ދިވެހިރާއްޖެ ވަރަށް ހަލުވި މިނުގައި، އެ ދިމާލަށް މިސްރާބު ޖަހާފައިވާ ކަންވެސް އެބޭފުޅުންނަށް އެނގިލައްވާތީއެވެ. ވެރިކަމުގައި ހުންނެވި ރައީސް މައުމޫނުގެ "ޒަމާން" ނިމުމަކަށް އަންނަނީކަންވެސް އެނގޭ ޙާލުގައެވެ. ޕާޓީ އުފެދުނީ މައުމޫނުއާ ދެކޮޅަކަށް ނޫނެވެ. މިދެންނެވި ޢަލްމާނީ ފިކުރާ ދެކޮޅަށެވެ.

ނަމަވެސް، އެންމެ ފުރަތަމަ އިންތިޚާބުގައިވެސް (2008 ރިޔާސީ އިންތިޚާބުގައި)، ޢަލްމާނީ ކެނޑިޑޭޓަށް ތާޢީދު ކުރީ، އުސޫލުތަކާ ޚިލާފަށް ކަން އެންމެންނަށްވެސް އެނގެއެވެ. އެއީ، އެންމެ ފުރަތަމަ، މަޝްވަރާތަކުން ނިމުނު ގޮތާ މުޅިން ޚިލާފު ނިންމުމެއްކަންވެސް، " މުޙައްމަދު ނަޝީދުގެ ވެރިކަމުގެ ޝަޙުޞިއްޔަތު" އެވެ ކިޔުނު ފޮތުގައި (ޞަފުޙާ 27-31) ވާނީ ވަރަށް ތަފްޞީލުކޮށް ބަޔާން ކުރެވިފައެވެ.

އެކަމުގެ ހިތި ދިވެހި ރައްޔިތުން ތަޙައްމަލު ކުރީ ވަރަށް ހިތި ކޮށެވެ. އިސްލާމްދީނަށް އައި ގޮންޖެހުމުގެ ވާހަކަ ނުދެއްކުން މާރަނގަޅު ވާނެއެވެ. އެވާހަކަތައް، ޢަދާލަތު ޕާޓީގެ މިހާރުގެ ރައީސްއާއި، އެޕާޓީގެ ޢިލްމުވެރިންގެ މަޖިލިސްގެ ރައީސް ވަނީ ދިވެހި ރައްޔިތުންގެ ކަންފަތްތައް ފުރި ބަނޑުންވާ ވަރަށް ދައްކަވާފައެވެ. ވީޑިއޯތައް އަދިވެސް އެހުރީ ފެންނާށެވެ. އެހެންކަމުން، އެވަރުން ފުއްދާލަމާ ހިންގަވާށެވެ.

ހަމަ އެ ގޯސް މިއުޅެނީ، 2018 ގައި ތަކުރާރު ކުރެވިގެންނެވެ. މުއުމިނުންގެ ގައިގައި އެއް ހޮރަކުން ދެފަހަރު ކަށި ނުޖަހާނޭ ޙަދީޘުގައި ވާރިދުވެފައި ވިޔަސް، ހާލުގެ ދުލުން ބުނާ ކަހަލައެވެ، ޢަދާލަތު ޕާޓީން ބޭނުން ވަނީ އަބަދުވެސް އެހޮރުން ކަށި ޖަހަޖަހައި ހުންނާށެވެ. އެކަށީގައި ފާޑެއްގެ މަސްތެއް ހުރީ ކަމަށްވެސް ވެދާނެއެވެ.

ނަމަވެސް، ސަމާސާ އެއްފަރާތުގައި ބާއްވާފައި، މިކަމާ މެދު ސީރިއަސްކޮށް، ވިސްނާލަން އެބަ ޖެހެއެވެ. އެހެނީ، ޤައުމާއި، ދީނަށް އެންމެ ނުރައްކާތެރި ހަތުރުންވެސް، މިތުރުންނަށް، ވެގެން ދިޔުމަކީ ބޮޑު ގޯހެކެވެ. ޤަބޫލު ކުރާ އުސޫލުތަކާއި ހަމަތައް ހަމަ ހުރެލާފައި ބަދަލު ކުރުމަކީވެސް ތަހުޒީބީ ރީތި ގޮތެއް ނޫނެވެ. ޤައުމާއި، ދީނަށް އެންމެ ބޮޑު ހަތުރުންނަކީ، މިވެނި މީހެކޭ، މިވެނި ބައެކޭ، އިއްޔެ ބުނެފައި، އޭނާގެ ޢަމަލަކަށް، އޭނާގެ ޙާލަކަށް އެއްވެސް ބަދަލެއް ނައިސް ހުއްޓާ، މިއަދު އޭނާ އަކީ، ޤައުމާއި ރައްޔިތުންގެ ޙައްޤުގައި އެންމެ ބޮޑު ޤުރުބާނީއެއް ވަމުންދާ މީހާ ކަމަށް ވިދާޅުވާނަމަ ގޯހެއް އެބަ އުޅެއެވެ. އެއް ގޮތަކީ، ކުރިން ދެއްކި ވާހަކަ އަކީ، ދޮގު ބުހުތާނެކެވެ. ނުވަތަ މިހާރު ތިޔަ ދައްކަވާ ވާހަކަ އަކީ ރޯ ދޮގެވެ. މިއީ، އުސޫލުތަކުގައި ހަރުދަނާ މީހުންގެ ފަރާތުން ފެންނާނެ، އަދި އިވޭނެ އަޑުތަކެއް ނޫނެވެ.

ނަމަވެސް، ގޯސް ވާނީ ގޯހަށެވެ. އުސޫލު ވާނީ އުސޫލަށެވެ. ޝަރުޢީ އުސޫލުން ބޭރުވެ، "މިނެ ކިރުމުގައި" އުނި އިތުރުކޮށްފިނަމަ، އެއީ ޖަރީމާއެކެވެ. މިއަދު އަޅުގަނޑުމެންނަށް ހެދިގެން މިއުޅެނީ އެ ޖަރީމާއެވެ.

ޢަދާލަތު ޕާޓީ، އޭގެ އަސްލަށް ރުޖޫޢަ ކުރާށެވެ. ޢަދާލަތު ޕާޓީ އަކީ، ދީނީގޮތުން، ވަކި ކޮޅަކަށް ނުޖެހި، ހެޔޮ ނުބައި، ސިޔާސީ ގޮތުން ރައްޔިތުންނަށް ހާމަކޮށްދޭ ޕާޓީއެއްގެ މަޤާމަށް އަންނަންވީއެވެ.

ޢަދާލަތު ޕާޓީ އޮންނަންވީ، އެޕާޓީ ނޫން އެހެން ޕާޓީތަކުން، ވެރިކަމަށް ކުރިމަތިލާ ކެނޑިޑޭޓުންގެ ތެރެއިން، ދީނީ ގޮތުންނާއި، ޤައުމީ ގޮތުން، އެންމެ އެކަށީގެންވާ ކެނޑިޑޭޓަކީ، ޙުއްޖަތާއި ބުރުހާނުގެ އަލީގައި ރައްޔިތުންނަށް ބަޔާންކޮށްދޭ ޕާޓީއެއްގެ ގޮތުގައެވެ. ޢަދާލަތުން އޮންނަންވީ ސިޔާސީ މައިދާނުގައި ހިނގާ ކަންކަން ދީނީ ނަޒަރުން މިނެކިރައި، އޭގެ އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ރައްޔިތުންނަށް ހާމަކޮށްދޭ ބައެއްގެ ގޮތުގައެވެ.

އިޚްލާޞްތެރިކަން އިސްކުރަން ޖެހެއެވެ. ވަކި ކޮޅަކަށް ނުޖެހި، ދީނާއި ޤައުމަށް ދިމާވާ ނޭދެވޭ ކަންކަމާމެދު ބަސް ބުނަންވީއެވެ. ވަކިކޮޅަކަށް ޖެހިފައިވާނަމަ، އެކަމެއް ނުކުރެވޭނެއެވެ.

އޭގެ އެންމެ އަލިގަދަ ހެއްކަކީ، އިންޑިއާގެ "އަޅުވެތިކަމަށް" ރާއްޖެ ގޮސް ނިމޭ އިރުވެސް، އެތިބެން ޖެހެނީ، ޗުއްޕޭއެވެސް ބުނަން ނުކެރިފައެވެ. އިބްރާހީމް މުހައްމަދު ޞޯލާޙު ގޯހެއް ނަހައްދަވާނެ ކަމުގެ ޔަޤީންކަމުގައެވެ. އިބޫއަކީ އަންނިއެއް ނޫން ކަމުގެ މަންހަޖުގައެވެ. ޝަރުޢީ ދާއިރާ އެއްކޮށް ސެކިއުލާކޮށް މިހާރު އެވަނީ ނިމެން ކައިރިވެފައެވެ. އެކަމަށްވެސް އެއްޗެކޭ ބުނާކަށް ނުކެރެއެވެ.

ޢަދާލަތު ޕާޓީގެ މެންޑޭޓަކަށް ވާންވީ، އެކަކު އަރުވައި ބާލައި، އަނެކަކު އަރުވައި ބޭލުމެއް ނޫނެވެ. ޢަދާލަތުގެ މެންޑޭޓަކަށް ވާންވީ، އިސްލާމްދީނާއި، އެދީނުގެ އަސްލުތައް ޙިމާޔަތް ކުރަން މަސައްކަތް ކުރާ ޕާޓީއަކަށެވެ. އޭރުން ޤައުމަށް މާ ބޮޑަށް ފައިދާ ވާނެއެވެ.

ޢަދާލަތު ޕާޓީން، އެއްވެސް ކޮޅަކަށް ނުޖެހެންވީއެވެ. މުސްތަޤިއްލު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަންވީއެވެ. ރައްޔިތުންގެ އިތުބާރު ހޯދަންވީއެވެ. ރައްޔިތުންގެ މަންފާއާއި ލާބަޔަށް ވަކާލާތު ކުރާ ޕާޓީއެއް ކަން ރައްޔިތުންނަށް އެނގި، ރައްޔިތުންގެ އިތުބާރު ލިބޭ ދުވަހަކީ، ޢަދާލަތު ޕާޓީއަށް ރައްޔިތުންގެ މަޖިލީހުން ގިނަ ގޮނޑިތަކެއްވެސް ލިބޭނެ ދުވަހެކެވެ. އަދި ޢަދާލަތު ޕާޓީއަށް ގިނަ ރައްޔިތުންތަކެއްގެ ސޮއިވެސް ލިބިގެން ދާނެ ދުވަހެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...