ޓީޗަރުންގެ ދުވަހާއި ގުޅިގެން "ލަ އަމީގޯސް" ޚާއްސަ ޑިސްކައުންޓް ތަކެއް
ޓީޗަރުންގެ ދުވަހާއި ގުޅިގެން "ލަ އަމީގޯސް" ޚާއްސަ ޑިސްކައުންޓް ތަކެއް
ވިޔަފާރި 05 Oct 2022 | 06:21

ޓީޗަރުންގެ ދުވަހާއި ގުޅިގެން "ލަ-އަމީގޯސް" އިން ޚާއްސަ ޑިސްކައުންޓް ތަކެއް!

ބައިނަލްއަގުވާމީ ޓީޗަރުންގެ ދުވަހާއި ގުޅިގެން "ލަ-އަމީގޯސް" އިން ސުކޫލުތަކަށާއި އާއްމުންނަށް ޚާއްސަ ޑިސްކައުންޓެއް ދޭން ނިންމައިފިއެވެ.

މެކްސިކަން ކެއުން ތަކަށް ޚާއްސަ އެ ރެސްޓޯރެންޓުން ބުނީ، މިއަދު ރައްޖޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރަމުންދާ ޓީޗަރުންގެ ދުވަހާއި ގުޅިގެން އެ ރެސްޓޯރަންޓުން މާލެ އަދި ހުޅުމާލޭގެ ސުކޫލުތަކަށް ކުރާ ކޮންމެ ޑެލިވާރީ އަކަށް %20 ޑިސްކައުންޓެއް ލިބިގެންދާނެކަމަށެވެ.

އަދި ހަމައެހެންމެ, މިއަދު އެތަނުގައި ޑައިން-އިން ކުރާ އެންމެހާ ފަރާތްތަކަށް %10 - %15 ގެ ޑިސްކައުންޓެއް ލިބޭނެ ކަމަށްވެސް "ލަ-އަމީގޯސް" އިން ބުނެއެވެ.

މި ޚާއްސަ ފުރުސަތަކީ ޓީޗަރުންގެ އަގުހުރި ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުންދޭ ހަދިޔާއެއް ކަމަށްވެސް އެ ރެސްޓޯރަންޓުން ބުނެއެވެ.

ދާދިފަހުން ހުޅުމާލޭގައި ހުޅުވި "ލަ-އަމީގޯސް" އަކީ އޮތެންޓިކް މެކްސިކަން ފުޑް ގެ ރަހަތަށް ތަޖުރިބާ ކޮށްލަން ބޭނުންވާ ފަރާތްތަކަށް ޚާއްސާ ރެސްޓޯރެންޓެކެވެ. އެގޮތުން ނާޗޯސް އާއި ޓާކޯސް ފަދަ މެކްސިކަން ފުޑް އެތަނުން ލިބެން ހުރެއެވެ.

"ލަ-އަމީގޯސް"އަކީ އާއިލާއާއި އެއްކޮށް އައިސް އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމަށްވެސް ހަމަ ދެވަނަ އެއް ނެތް ފަދަ ތަނެކެވެ.

"ލަ-އަމީގޯސް" އަށް އޯޑަރ ކުރަން ބޭނުންވާ ފަރާތްތަކުން 7437427 އަށް ގުޅައިގެން ނުވަތަ އެ ރެސްޓޯރަންޓުގެ ފޭސްބުކް އަދި އިންސްޓަގްރާމް ޕޭޖް މެދުވެރިކޮށް މެސެޖް ކޮށްލައިގެންވެސް އޯޑަރ ކުރެވޭނެ ކަމަށް އެ ރެސްޓޯރަންޓުން ބުނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް