މާލީ ވުޒާރާ - ފޮޓޯ: ވޮއިސް
މާލީ ވުޒާރާ - ފޮޓޯ: ވޮއިސް
ވިޔަފާރި 21 Aug 2024 | 12:01

ފަސް ރަށެއްގައި އައިސް ޕްލާންޓް ގާއިމްކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި

ފަސް ރަށެއްގައި އައިސް ޕްލާންޓް ގާއިމުކޮށްދޭނެ ފަރާތެއް ހޯދަން މިނިސްޓްރީ އޮފް ފިނޭންސް އިން އިއުލާނުކޮށްފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން އައިސް ޕްލާންޓް ގާއިމުކުރުމަށް ނިންމާފައިވާ 5 ރަށަކީ:

1) ހދ. ދިއްދޫ

2) އއ. ރަސްދޫ

3) ގދ. ރަތަފަންދޫ

4) ހއ. އިހަވަންދޫ

5) ށ. ކޮމަންޑޫ

ދިވެހި ސަރުކާރުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް ގެ އެހީގެ ދަށުން މި ފަސް ރަށުގައި ގާއިމު ކުރަނީ 30 ޓަނުގެ އައިސް ޕްލާންޓް ކަމަށް ވެސް އިއުލާނުގައިވެއެވެ.

މިނިސްޓްރީން ބުނީ، މި އައިސް ޕްލާންޓް ގާއިމް ކުރުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދަނީ އިންޓަނޭޝަނަލް ބިޑިން އުސޫލުން ކަމަށާއި މިމަސައްކަތަށް ބީލަން ހުށަހަޅާ ފަރާތްތަކުގެ އަތުން އަނބުރާ ނުލިބޭ ގޮތަށް 1،500 ރުފިޔާ ނުވަތަ 100 ޔޫ.އެސް. ޑޮލަރުގެ ރަޖިސްޓްރޭޝަން ފީއެއް ނަގާއިރު ބިޑް ސެކިއުރިޓީގެ ގޮތުގައި 250،000 ރުފިޔާ ހުށަހަޅަންޖެހޭނެ ކަމަށެވެ.

ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފި
10 Oct 2026 ހަބަރު

ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފި

ދައުލަތުގެ ބަޖެޓުން އަހަރުގެ މިހާތަނަށް ލޯނު އަދާކުރުމަށް ރެކޯޑް އަދަދެއް ހޭދަވެފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފިނޭންސުން އާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރ...

ދަރަނީގެ ގޮންޖެހުންތައް ކުޑަވުމާ ގުޅިގެން މޫޑީޒް އިން ރާއްޖޭގެ ރޭޓިން މަތިކޮށްފި
08 Oct 2026 ހަބަރު

ދަރަނީގެ ގޮންޖެހުންތައް ކުޑަވުމާ ގުޅިގެން މޫޑީޒް އިން ރާއްޖޭގެ ރޭޓިން މަތިކޮށްފި

ދަރަނިތައް ދެއްކުމަށް ދިވެހި ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ގައުމުގެ މާލީ ގޮންޖެހުންތަކަށް އޮތް ރިސްކު ކުޑަވުމާ ގުޅިގެން ދުނިޔޭގެ މަޝްހޫރު ކްރެޑިޓް ރޭޓިން އެޖެންސީ "މޫޑީޒް" އިން ދިވެހިރާއްޖ...

މިދިޔަ އަހަރަށްވުރެ މިއަހަރު، އާމްދަނީ ލިބޭ ދާއިރާތަކުގެ ކުރިއެރުން ރަނގަޅު: ފިނޭންސް
03 Oct 2026 ހަބަރު

މިދިޔަ އަހަރަށްވުރެ މިއަހަރު، އާމްދަނީ ލިބޭ ދާއިރާތަކުގެ ކުރިއެރުން ރަނގަޅު: ފިނޭންސް

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީ ލިބޭ އެކިއެކި ދައިރާތަކުގެ ކުރިއެރުން ރަނގަޅުވެފައިވާކަމަށް މާލީ ވުޒާރާއިން ބުނެފިއެވެ. ދައުލަތުގެ ހަރަދުބަރަދު ހުރިނެތްގޮތާ ގުޅޭގޮ...

ރަސްމާލެ މަޝްރޫޢު އިން ދައުލަތަށް 11 ބިލިއަން ޑޮލަރު ލިބޭނެ: ޒަރީރު
30 Sep 2026 ހަބަރު

ރަސްމާލެ މަޝްރޫޢު އިން ދައުލަތަށް 11 ބިލިއަން ޑޮލަރު ލިބޭނެ: ޒަރީރު

ރަސްމާލެ ވޯޓާފްރޮންޓް މެރީނާ މަޝްރޫޢުގެ 10 އަހަރުގެ ތަރައްޤީގެ މުއްދަތުގައި ދައުލަތަށް 11 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒ...

އޯޕެކް ފަންޑުން ކުއްލި އެހީގެ ކްރެޑިޓް ފެސިލިޓީއެއް ހޯދަން މަޝްވަރާކޮށްފި
29 Sep 2026 ހަބަރު

އޯޕެކް ފަންޑުން ކުއްލި އެހީގެ ކްރެޑިޓް ފެސިލިޓީއެއް ހޯދަން މަޝްވަރާކޮށްފި

ކުއްލި ހާލަތްތަކުގައި ބޭނުންކުރެވޭނެ ލައިން އޮފް ކްރެޑިޓް ފެސިލިޓީއެއް  އޯޕެކް ފަންޑުން ހޯދުމަށް މަޝްވަރާކޮށްފިއެވެ. ދޯހާގައި ކުރިއަށްދާ އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައި...

ހުޅުމާލޭގައި ނަފްސާނީ ބަލިތަކަށް ޚާއްސަ، 50 އެނދުގެ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ
23 Sep 2026 ހަބަރު

ހުޅުމާލޭގައި ނަފްސާނީ ބަލިތަކަށް ޚާއްސަ، 50 އެނދުގެ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ

ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ (ނަފްސާނީ ބަލިތަކަށް ޚާއްޞަ) ހޮސްޕިޓަލެއް އިމާރާތްކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ. މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބ...