ނަސްރުގެ ދުވަހާއި ދިމާކޮށް ނޮވެމްބަރު 2 ބަންދުކޮށްފި
މި އަހަރުގެ 2 ނޮވެމްބަރަކީ ސަރުކާރު ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ
ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި ރައީސް އެގޮތަށް ނިންމެވީ، ނަޞްރުގެ ދުވަސް ކަމުގައިވާ ނޮވެންބަރު މަހުގެ 3ވަނަ ދުވަހަކ،ީ ސަރުކާރު ބަންދު ދުވަހެއް ކަމަށްވުމާއެކު، ނަޞްރުގެ ދުވަހުގެ ކުރިއަށް އޮތް ދުވަހަކ،ީ ރަސްމީ ދުވަހެއް ކަމުގައިވާތީއެވެ.
އަދި އެ ބަންދު ހަމަޖެއްސުމުން، ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް، މުވައްޒަފުންނަށް 4 ޗުއްޓީ ލިބޭނެއެވެ.
ރާއްޖޭގައި ނަސްރުގެ ދުވަސް ފާހަގަކުރަނީ 3 ނޮވެމްބަރު 1988 ވަނަ އަހަރު ސްރީލަންކާގެ ތަމަޅަ ޓައިގަރުންގެ ގްރޫޕަކުން މާލެ އަށް އަރައި ދިން އުދުވާނީ ޙަމަލާއިން ދިވެހިންނަށް ލިބުނު ނަސްރާއި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުންނެވެ.
އެހެންކަމުން ނަސްރުގެ ދުވަސް ޙާއްސަވަނީ އެ ޢުދުވާނީ ޙަމަލާގައި ދިވެހި ޤައުމަށްޓަކައި ޝަހީދުވެވަޑައިގެންނެވި އަބްތާލުންގެ ޒިކުރާ އައުކުރުމަށެވ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް