ސިމްޑީގެ ރޯދަ ޕްރޮމޯޝަން ގެ ގްރޭންޑް ލަކީޑްރޯގެ ނަސީބުވެރިން
ސިމްޑީގެ ރޯދަ ޕްރޮމޯޝަން ގެ ގްރޭންޑް ލަކީޑްރޯގެ ނަސީބުވެރިން
ވިޔަފާރި 06 May 2023 | 06:29

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ގްރޭންޑް ލަކީޑްރޯގެ ނަސީބުވެރި ފަރާތްތައް ހޮވައިފި

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ގްރޭންޑް ލަކީޑްރޯގެ ނަސީބުވެރިން ހޮވައިފި އެވެ.

ސިމްޑީ ގުރޫޕުގެ ހެޑް އޮފީހުގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި، ލަކީޑްރޯގެ ގުރު ނަގާފައިވަނީ، ސިމްޑީ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު މިޝްޢަލް ދީދީ އާއި، ޖެނެރަލް މެނޭޖަރު ޔޫޝައު ސަޢީދު އާއި، ފިނޭންޝިއަލް ކޮންޓްރޯލަރ ޗަމިންދާ ހެގޯޑާއެވެ.

ގްރޭންޑް ޕްރޮމޯޝަންގެ ލަކީޑްރޯގެ ނަސީބުވެރިން

1 ވަނަ އާމިނަތު ހަލީމް

2 ވަނަ އަހުމަދު ނިޝާން

3 ވަނަ މުހައްމަދު އަހަޝަން ހަބީބު

ފެބްރުވަރީ މަހުގެ 19 ވަނަ ދުވަހުން ފަށައިގެން 02 މޭއާ ހަމައަށް ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގެ ގްރޭންޑް ލަކީޑްރޯގެ ތިންވަނަ ފަރާތަކަށް 25،000 ރުފިޔާގެ ސިމްޑީ ހޯމް ޕެކޭޖެއް ލިބޭ އިރު، ދެވަނައަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް އަދި އެއްވަނައަށް ދިޔަ ފަރާތަށް 100،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ސިމްޑީން ބުނެއެވެ.

ސިމްޑީގެ ފިހާރަތަކުންނާއި ސިމްޑީ އޮންލައިން އެޕް މެދުވެރިކޮށް މަދުވެގެން 500 ރުުފިޔާގެ ވިޔަފާރި ކުރާ ހުރިހާ ފަރާތްތަކަށް  މި ޕްރޮމޯޝަންގައި ބައިވެރި ކޮށްފައިވެއެވެ.

ގްރޭންޑް ލަކީޑްރޯގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފުތާއެއްގައިވެސް ނަސީބުވެރި ފަރާތެއް ހޮވައި އެ ފަރާތަކަށް 500 ރުފިޔާގެ ގިފްޓު ވައުޗަރެއް ދެވިފައިވާކަން ސިމްޑީން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ސިމްޑީ ރޯދަ ހަދިޔާ ގިފްޓް ޕެކްވެސް މި ރޯދަ މަހާ ދިމާކޮށް އެ ކުންފުނިން ވަނީ ތައާރަފް ކޮށްފައެވެ. އެގޮތުން ތައާރަފްކުރަނީ ރޯދަމަހަށް ބޭނުންވާ ހުރިހާ ޕްރޮޑަކްޓުތަކެއް ހިމެނޭ ހަތަރު ގިފްޓް ޕެކް ކަމަށެވެ. އޭގެ ތެރޭގައި ރޯދަ ހަދިޔާ 500 ޕެކާއި 1000 ރުފިޔާގެ ޕެކާއި 1500 ރުފިޔާގެ ޕެކާއި 2000 ރުފިޔާގެ ޕެކް ހިމެނެއެވެ. ސިމްޑީ އޮންލައިން އެޕް މެދުވެރިކޮށް ރޯދަ ހަދިޔާ ގިފްޓް ޕެކް ނެންގެވުމުން ބޭނުންވާ ތަނަކަށް ޑެލިވަރވެސް ވަނީ ކޮށްދީފަ އެވެ.

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ގްރޭންޑް ލަކީޑްރޯގެ ނަސީބުވެރިން ހޮވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މިޝްޢަލް އަދި ޖެނެރަލް މެނޭޖަރު ޔޫޝައު ވަނީ ލަކީޑްރޯގެ ނަސީބުވެރިންނަށް މަރުހަބާ ދަންނަވާފައެވެ. އަދި ރޯދަމަހާއި ދިމާކޮށް ކުރިއަށް ގެންދެވުނު މި ޕްރޮމޯޝަންއަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށްވެސް އެބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ޕްރޮމޯޝަންގެ ސަބަބުން ކަސްޓަމަރުންނާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށާ، ކުރިއަށް އޮތް ތަނުގައިވެސް މިފަދަ، އިތުރު ފުރުސަތު ތައް ކަސްޓަމަރުންނަށް ހުޅުވާލެވޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، ކަސްޓަމަރުން އެދޭ ފަދަ ފެންވަރު ރަނގަޅު ޚިދުމަތެއް އެ ފަރާތްތަކަށް ފޯރުކޮށްދެއްވުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށްވެސް އެބޭފުޅުން ވިދާޅުވިއެެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް