N/A
N/A
ހަބަރު 17 Mar 2019 | 13:00

އިޒްމިއާއާއި ދެކޮޅަށް ލިޔުނު ލިޔުންތަކުގެ މައްސަލަ ބަލަނީ

ފުލުހުންގެ ތަރުޖަމާނު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރާއި ދެކޮޅަށް ވަގުތު ނޫހުން ލިޔުނު ޚަބަރުތަކާއި ރިޕޯޓްގެ މައްސަލަ ބެލުމަށް މޯލްޑިވްސް މީޑިޔާ ކައުންސިލުން ނިންމައިފިއެވެ.

އެމްއެމްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ވަގުތު އޮންލައިން އާއި އިޒްމިއާ އާއި ދެމެދު އުފެދުނު ނުތަނަވަސްކަމާ ގުޅިގެން އިޒްމިއާ އާއި ގުޅޭގޮތުން ވަގުތު ނޫހުގައި މިފަހުން ޝާއިރު ކުރި ބައެއް ލިޔުންތަކާ ގުޅިގެން އެ ކައުންސިލަށް ތަފާތު އެކި ގޮތްގޮތުން ޝަކުވާތައް ލިބިފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ކައުންސިލް މެންބަރުންގެ އެދުމުގެ މަތިން މިއަދު އެ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވާފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި އެކަމާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށް އެ މައްސަލަ ބެލުމަށްޓަކާ ފަސް މެމްބަރުންގެ ހާއްސަ ކޮމިޓީއެއް ނަގާފައިވާ ކަމަށް އެމްއެމްސީން މައުލޫމާތުދެއެވެ.

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުން:

– އަހުމަދު އަމީން މުހައްމަދު

– އަޒްމީ އަލީ

– އަލީ އަހުސަން

– އަބްދުއްލަތީފް އަހުމަދު

– ޝިފްޒާ މުސްތަފާ

މި މައްސަލަ ބެލުމަށް އެކުލަވާލި ކޮމިޓީ އަށް ދެ ފަރާތް ވެސް ހާޒިރުކޮށް، މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން މައްސަލަ ނިންމުމަށްފަހު ކައުންސިލަށް ރިޕޯޓު ހުށަހެޅުމަށް ވަނީ އަންގާފައެވެ.

ވަގުުތު ނޫޙާއި ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރާާއި މެދު ނުތަނަވަސްކަމެއް އުފެދިގެން ދިޔަ ސަބަބަކީ ދަންޖެހިގެން މަރުވި މީހެއްގެ މައުލޫމާތު ފުލުހުންނާއި މީޑިޔާތަކުގެ ވަޓްސްއެޕް ގްރޫޕްގައި ހިއްސާކުރުމަށް އެކަމަނާ ދެކޮޅު ހެއްދެވުމުންވެސް، އެމަރުގެ ޚަބަރު ޝާއިއުކުރުމަށްފަހު ވަގުތު ނޫހުން ވަޓްސްއެޕް ގްރޫޕްގައި އެ ޚަބަރު ހިއްސާކުރުމުންނެވެ.

މިއާއި އެކު އިޒްމިއާ ވަނީ ވަގުުތުގެ ނޫސްވެރިން އެ ވަޓްސްއެޕް ގްރޫޕުން ބޭރުކޮށްފައެެވެ. އޭގެ ފަހުން ވަގުތު އޮންލައިންގެ ނޫސްވެރިންގެ ފޯން ކޯލްތަކަށް ޖަވާބުދެއްވުމަށްވެސް އެކަމަނާ ދެކޮޅު ހައްދަވާފައިވާ ކަމަށް ވަގުތު ނޫހުން ވަނީ ބުނެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...