ހަނޑުލުގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ހަނޑޫ ބަސްތާއެއްގެ ތެރޭގައި ފޮރުވައިގެން ގދ. ގައްދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ފުލުހުން އަތުލައިގެންފިއެވެ.
ފުލުހުން މީޑިޔާއަށް މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި ގދ.ގައްދޫ އަށް ދިޔަ ދޯންޏެއްގެ ތެރޭގައި އޮތް ހަނޑޫ ބަސްތާއެއްގެ ތެރޭގައި ރަބަރު ކޮތަޅުތަކެއްގައި ހުރި މަސްތުވާތަކެތި ފޮރުވައިގެން އެތަކެތި އެރަށަށް އެތެރެ ކުރަން އުޅެނިކޮށް އަތުލައިގެންފައިވާ ކަމަށެވެ.
އެހެން ނަމަވެސް މި މައްސަލަ އާއި ގުޅިގެން އަދި އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެއް ނުވެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ގައްދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު އިންޓެލިޖެންސަށް ލިބުމާއި ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ފަސް ޕެކެޓް އަތުލައިގަތް ކަމަށެވެ.
ތިނަދޫ ޕޮލިސް ސްޓޭޝަނާއި ގައްދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުން ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި އަތުލައިގަތް މަސްތުވާތަކެއްޗާއި ގުޅޭ ތަހުގީގް މިހާރު ފުލުހުން ދަނީ ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް