މޯދީ ހުޅުވައިދޭ ސެންޓަރ ބޭނުންކުރާތާ ތިން އަހަރުވެއްޖެ: އާދަމް ޝަރީފް އުމަރު
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އިފްތިތާހުކުރައްވާ ސިފައިންގެ ޓްރެއިނިންގް ސެންޓަރ ބޭނުންކުރާތާ ތިން އަހަރު ވެއްޖެކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ނިމިދިޔަ ސަރުކާރުގައި ޑިފެންސް މިނިސްޓަރކަން އަދާކުރެއްވި ބޭފުޅާ މިހެން ވިދާޅުވީ އެބޭފުޅާ އާންމުކުރެއްވި ފޭސްބުކް ސްޓޭޓަސް އެއްގައެވެ.
އާދަމް ޝަރީފް ވިދާޅުވީ އިންޑިޔާގެ ބޮޑުވަޒީރު މޯދީ ހުުޅުއްވައިދެއްވުމަށް ހަމަޖެހިފައިވާ ސެންޓަރަކީ އެމްއެންޑީއެފްގެ ބޭނުމަކަށް ޅ.މާފިލާފުށީގައި ގާއިމްކޮށްފައިވާ ސެންޓަރެއް ކަމަށެވެ.
2015 ވަނަ އަަހަރު އިމާރާތްކޮށްފައިވާ މި ސެންޓަރު ބޭނުންކުރަމުން އަންނަތާ ތިން އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް