ސަފާރީގައި ރޯވުން: ދުމުގެ އަސަރުކުރި ދެ ފަޅުވެރިއަކަށް ފަރުވާ ދެނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރުކޮށްގެން ދެ މީހަކަަށް ފަރުވާ ދޭން ފަށައިފި އެވެ.
ހުޅުމާލެއާއި ކުރުނބާ މޯލްޑިވްސް ރިޒޯޓާ ދޭތެރޭ އޮތް "އެމްޕެރަރ އެކްސްޕްލޯރަރ" ސަފާރީގައި ވަނީ ރޯވެފަ އެވެ. ސަފާރީގައި ވަރަަށް ބޮޑަށް ރޯވެފައިވެ އެވެ.
އަދި ވަރުގަދައަށް ދުން އަރަމުންދެ އެވެ.
ފުލުހުން ބުނީ މި ހާދިސާގައި ދުމުގެ އަސަރުކުރުމާ ގުޅިގެން، ސަފާރީގެ ދެ ފަޅުވެރިއަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް