ހުސްނުވާ އާސަންދައިގެ މިއަހަރުގެ ބަޖެޓް ހުސްވެއްޖެ
ސަރުކާރުގެ ފަރާތުން އާންމުންނަށް ސިއްހީ ފަރުވާ ހިލޭ ފޯރުކޮށްދިނުމަށް ގާާއިމްކޮށްފައިވާ އާސަންދަ ނިޒާމުގެ މިއަހަރުގެ ބަޖެޓް ހުސްވެފައިވާކަން ހާމަވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި މިދިޔަ ހަފްތާގެ ސަރުކާރުގެ މާލީ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އާސަންދަ ކުންފުނިން ވަނީ ގާތްގަނޑަކަށް 1.08 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.
މިއީ އެކުންފުންޏަށް މިއަަހަރުގެ ދައުލަތުގެ ބަޖެޓުން ކަނޑައެޅުނު އެއް ބިލިޔަން ރުފިޔާއަށްވުރެ ގިނަ އަދަދެކެވެ.
އާސަންދަ ކުންފުނިން ވަނީ މިއަހަރުގެ ތެރޭގައި އެކުންފުނީގެ ޚިދުމަތްތައް ފުޅާކުރުމަށް ގިނަ ކަންތައްތަކެއް ކޮށްފައެވެ.
އެގޮތުން މެރަނަ ސްކީމްގެ ދަށުން އާސަންދައިގެ ޚިދުމަތް މެލޭޝިޔާ، ސްރީލަންކާ އަދި އިންޑިޔާގައި ދިރިއުޅޭ ދިވެހިންނަށް ފޯރުކޮށްދޭން ވަނީ ފަށައިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް