ދިރާގުން ޔޫ.އޭ.އީ އަދި ސައުދީ އަރައްބިއްޔާއަށް ހިލޭ ގުޅޭ ގޮތް ހަދައިދީފި
ލިޔުންތެރިޔާ
ސްޓާފް ރައިޓަރ
ދިރާގު ކަސްޓަމަރުންނަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އަދި ސައުދީއަރައްބިއްޔާއަށް ހިލޭ ގުޅޭ ގޮތް ހަދައިދީފިއެވެ.
މިއީ، މެދުއިރުމަތީގައި ހިނގަމުންދާހާދިސާތަކާ ގުޅިގެން، އެ ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކާއި ލޯބިވާފަރާތްތަކުގެހާލުބެލުމަށާއި، މެދުކެނޑުމެއްނެތި މުއާސަލާތު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ދިރާގުން ފޯރުކޮށްދީފައިވާ ހިދުމަތެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ހިދުމަތުގެ ދަށުން، ޔޫ.އޭ.އީ އަދި ސައުދީ އަރައްބިއްޔާއަށް ހިލޭ ގުޅުމަށް ޖުމްލަ 30 މިނިޓު ލިބިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
ދިރާގުން މައޫލޫމާތު ދިން ގޮތުގައި، #225* އަށް ޑައިލްކޮށްގެން މި ހިލޭ މިނިޓުތައް 2 މާރިޗު 2026 ގެނިޔަލަށް އެކްޓިވޭޓްކުރެވޭނެއެވެ. އަދި، އެކްޓިވޭޓްކުރުމަށްފަހު 7 ދުވަހުގެ މުއްދަތައް ބޭނުންކުރެވޭނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް