އެމެރިކާއިން ރާއްޖެއަށް 9 މިލިއަން ޑޮލަރު ދެނީ
އެމެރިކާއިން ދިވެހިރާއްޖެއަށްދޭ ހިލޭ އެހީގެ މިންވަރު އިތުރުުުކުރުމަށް ނިންމައިފިއެވެ.
މިކަން އިއުލާންކޮށްފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ސެކްރެޓަރީ އޮފް ސްޓޭޓް، މައިކް ޕޮމްޕިއޯއާއި އެކު ބޭއްވެވި ބައްދަލުވުމަށްފަހު ސްޓޭޓް ޑިޕާރޓްމެންޓުން ނެރުނު ޕްރެސް ރިލީސްއެއްގައެވެ.
މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ސްޓޭޓް ޑިޕާޓްމެންޓުން ބުނީ އެމެރިކާއިން ރާއްޖެއަށް ދޭ އެހީ އިތުރުކޮށް، މިއަހަރު ތެރޭ އިތުރު 9.75 މިލިއަން ޑޮލަރު(150މިލިޔަން ރުފިޔާ) ގެ އެހީ ދިނުމަށް މަސައްކަތްކުރާނެކަމަށެވެ.
މިނިސްޓަރު ޝާހިދު އެމެރިކާއަށް ކުރައްވާ ދަތުރުފުޅަކީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް