އިންފްލުއެންޒާ ހަލުވިކަމާއެކު ފެތުރެނީ، ބޭސް ހުސްވެފައި
މާލޭގައި ހަލުވިކަމާއެކު އިންފްލުއެންޒާ ހަލުވިކަމާއެކު ފެތުރެން ފަށައިފިއެވެ.
މިދުވަސްވަރު ފުލޫ ރޯގާ އިތުރުވެފައިވާއިރު އެކަމަށް ބޭނުންވާ ބޭހާއި އިންޖެކްޝަން ހުސްވެފައިވާކަން އެނގިފައިވެއެވެ.
''ވޮއިސް'' އަށް މައުލޫމާތު ދިން މީހަކު އިއްޔެ ބުނީ، އޭނާ ހުން އަންނަތާ ތިން ދުވަސްވީ ފަހުން އައިޖީއެމްއެޗަށް ގޮސް، ޑޮކްޓަރަށް ދައްކައި ޓެސްޓް ހެދިއިރު އިންފްލުއެންޒާއަށް ޕޮޒިޓިވް ވެފައިވާކަމަށެވެ.
ނަމަވެސް މާލޭގައި ފުލޫ ރޯގާއަށް ބޭސް ނެތްކަން އެދުވަހު އެނގުނީ އެއްވެސް ބޭސް ފިހާރައަކުން މިހާތަނަށްވެސް ބޭސް ލިބިފައި ނުވާތީ ކަމަށް އޭނާ ބުންޏެވެ. ކޮންމެ ފިހާރައަކުންވެސް ބޭސް ނެތް ކަމަށް ބުނެފައިވާތީ އޭނާ ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.
އެމައުލޫމާތާއި ގުޅިގެން ހެލްތް މިނިސްޓްރީގެ މީޑިއާ އޮފިސަރަށް އިއްޔެއިން ފެށިގެން ގުޅުމުން މިހާތަނަށްވެސް ފޯނަށް ޖަވާބުދެއްވާފައެއް ނުވެއެވެ. އަދި ކަމާ ބެހޭ އެއްވެސް ފަރާތަކުން އެކަމާބެހޭ އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް