ރެއިންބޯ އެނިވަރސަރީ ސޭލް
ރެއިންބޯ އެނިވަރސަރީ ސޭލް
ވިޔަފާރި 09 Oct 2022 | 10:57

ރެއިންބޯ އެނިވަރސަރީ ސޭލް؛ ގަންނަ ކޮންމެ އެއްޗަކުންވެސް ޑިސްކައުންޓް!

ރެއިންބޯގެ އަހަރީ ދުވަހާ ގުޅިގެން އެއް މަސްދުވަހަށް ކުރިއަށް ގެންދާ އަހަރީ ސޭލްގައި ގަންނަ ކޮންމެ އެއްޗަކުން ޑިސްކައުންޓް ލިބޭނެ ކަމަށް އެ ފިހާރައިން ބުނެފިއެވެ.

މިމަހު 1 އިން 31 ގެ ނިޔަލަށް ކުރިއަށްދާ މި ސޭލް، ރެއިންބޯގެ އައުޓްލެޓްތަކާއި ރެއިންބޯގެ އީ-ކޮމާސް ޕްލެޓްފޯމް 'ބައިރެއިންބޯ'ގައި ވެސް ކުރިއަށްދާނެ އެވެ.

އެގޮތުން މި ސޭލް ކުރިއަށް ދާއިރު, ރެއިންބޯ އިން ގަންނަ އެކި ބްރޭންޑު، ކެޓަގަރީ އަދި އުފެއްދުންތަކުން އެކި މިންވަރުގެ ޑިސްކައުންޓު ދިނުމަށް ވަނީ ނިންމާފަ އެވެ.

ރެއިންބޯ ގެ މި އަހަރީ ސޭލް ގެ އިތުރުން ރެއިންބޯގެ ފޭސްބުކް ޕޭޖުގައި ގިވްއަވޭއެއް ވެސް ވަނީ ފަށާފަ އެވެ. އެގޮތުން އެ ގިވްއަވޭގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފޭސްބުކުން ރެއިންބޯގެ ޕޭޖު ފޮލޯކޮށް، ގިވްއަވޭއަށް ހާއްސަ ޕޯސްޓުގެ ކޮމެންޓު ބައިގައި ތިން ރައްޓެހިން މެންޝަންކުރުމަށްފަހު ގިވްއަވޭގެ ޕޯސްޓު ލައިކްކުރުމަށް ފަހު ޝެއާކުރަންޖެހެއެވެ. މި ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަތު މިމަހު 31 ވަނަ ދުވަހުގެ ރޭގަނޑު 9ގެ ނިޔަލަށް އިތް އިރު، ނަސީބު ވެރި އެއް ފަރާތް އަންނަ މަހު 1 ވަނަ ދުވަހު ހޮވާނެ އެވެ.

އެގޮތުން ބައިވެރިވާ މީހުންގެ ތެރެއިން ގުރުސަތުން ހޮވޭ ނަސީބުވެރި ފަރާތަށް އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ '3-ސީޓާ ސޯފާ' އެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް