އައިޕީޔޫގެ ކޮމިޓީއެއްގެ ރައީސްގެ މަގާމު މެންބަރު ޖީހާނަށް
އިންޓަޕާލިމެންޓްރީ ޔޫނިއަންގެ ކޮމިޓީ އޮން ޑިމޮކްރެސީ އެންޑް ހިއުމަން ރައިޓްސް ގެ ރައީސްގެ މަގާމު ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދަށް ލިބިވަޑައިގެންފިއެވެ.
ޖީހާން ކޮމިޓީގެ ރައީސްގެ މަގާމަށް އައްޔަނުކޮށްފައިވާއިރު ނައިބު ރައީސް ކަމަށް އައްޔަނުކޮށްފައިވަނީ އަރުމޭނިއާގެ މަޖިލީސް މެމްބަރެކެވެ.
އައިޕީޔޫއިން ބުނީ ކޮމިޓީ އޮން ޑިމޮކްރެސީ އެންޑް ހިއުމަން ރައިޓްސް އިން މަސައްކަތް ކުރާނީ ހުރިހާ އެންމެންނަށް މުޖުތަމައުގެ ތެރެއިން ހައްގުތަށް ކަށަވަރުކޮށްދިނުމަށް ކަމަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން ދަނީ ޑިމޮކްރެސީއަށް ހަނގުރާމަ ކުރަމުންދާ ކަމަށް އައިޕީޔޫއިން ފާހަގަކޮށް އެކޮމިޓީން ބަލަމުންދާނީ މިހާރު ހުރި އަދި އުފެދެމުންދާ ޑިމޮކްރެސީ އާއި އިންސާނީ ހައްގުތަކާއި ގުޅުންހުރި މައްސަލަތައް ކަމަށް އައިޕީޔޫއިން ބުނެއެވެ.
އެ ކޮމިޓީގެ ރައީސްގެ މަގާމު ރާއްޖެއިން ފުރާނީ 2025 ގެ ނިޔަލަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް