މާލެސިޓީ ކައުންސިލް މެމްބަރުންގެ ބައްދަލުވުމެއް... ފޮޓޯ: މާލެސިޓީ ކައުންސިލް އިދާރާ
މާލެސިޓީ ކައުންސިލް މެމްބަރުންގެ ބައްދަލުވުމެއް... ފޮޓޯ: މާލެސިޓީ ކައުންސިލް އިދާރާ
ހަބަރު 16 Oct 2026 | 13:24

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް

މާލެއާއި ވިލިމާލޭގެ އިމުގެ ތެރޭގައި ހިމެނޭ 14 ބިމެއް، މާލެ ސިޓީ ކައުންސިލްގެ އިޚްތިޞާޞުން ވަކިކޮށް، އެ ބިންތަކުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ ތަފްޞީލު އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފައި ވަނިކޮށް މާލެ ސިޓީ ކައުންސިލްގެ ކުއްލި ބައްދަލްވުމެއް މިރޭ ބޭއްވުމަށް ނިންމައިފި އެވެ.

ކައުންސިލުން ބުނީ މިރޭ 9:00 ގައި ކައުންސިލްގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ބައްދަލްވުމަށް ފަހު ނޫސްވެރީންގެ ބައްދަލްވުމެއް ވެސް އޮންނާނެ ކަމަށް ބުންޏެވެ.

ސަރުކާރުން ބުނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން މި ބިންތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަށް ނިންމީ، ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ހިންގުމަށާއި އަސާސީ ޚިދުމަތްތައް ހަރުދަނާކަމާއެކު ފޯރުކޮށްދީ ބެލެހެއްޓުމުގެ މަޤްޞަދުގައި ކަމަށެވެ. އަދި މިގޮތުން ކޮންމެ ބިމެއްވެސް ބޭނުންކުރުމަށް ކަނޑައަޅާފައިވާ ޕްލޭންތަކުގެ ތަފްޞީލު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.

ބިންތަކުގައި ހިންގުމަށް ކަނޑައަޅާފައިވާ މައިގަނޑު މަޝްރޫޢުތަކުގެ ތެރޭގައި:

  • ސަލްޓަން ޕާކާއި މިއުޒިއަމް ސަރަޙައްދު: އީ-ސްޕޯޓްސް އެރީނާއަކާއި މިއުޒިއަމް ޕާކެއް ޤާއިމުކުރުން.

  • މަސް މާރުކޭޓު ހުރި ބިން: އޮފީސްތަކާއި ވިޔަފާރިތަކަށް ޚާއްޞަ ޢިމާރާތެއް އެޅުން.

  • ލޯކަލް މާރުކޭޓު ހުރި ބިން: ޒަމާނީ ބޮޑު މާރުކޭޓު ކޮމްޕްލެކްސްއަކަށް ބަދަލުކުރުން.

  • ދަތުރުވެރިންގެ މާރުކޭޓު ހުރި ބިން: އެކި ބޭނުންތައް ހިމެނޭ (މިކްސްޑް-ޔޫސް) ވިޔަފާރި މަރުކަޒެއްގެ ގޮތުގައި ތަރައްޤީކުރުން.

  • މާލެ ސިޓީ ކައުންސިލް އެކަމަޑޭޝަން : ލޭބަރ އެކަމަޑޭޝަން އެންޑް ސްޓޯރޭޖް ފެސިލިޓީ

  • ކުރީގެ ވިޔަފާރިވެރިންގެ ޖަމްޢިއްޔާ ހިންގި ބިން: ޑޭ-ކެއަރ ސެންޓަރަކާއި ކުޑަކުދިންގެ ތަފާތު ޙަރަކާތްތަކަށް ޚާއްޞަ މަރުކަޒެއް ބިނާކުރުން.

  • ކާނިވާ ކެފޭ ޕާކިން އޭރިއާ : ރެކްރިއޭޝަނަލް އަދި ވިޔަފާރި ބޭނުމަށް

  • ކުރީގެ ހަކަތަ ޕެޓްރޯލް ޝެޑް ހުރި ބިން: އިލެކްޓްރިކް އުޅަނދުފަހަރު ޗާޖުކުރާ (އީވީ ޗާޖިންގ) މަރުކަޒެއް ޤާއިމުކުރުން.

  • އާޓިފިޝަލް ބީޗު: ޢާންމުންގެ މުނިފޫހިފިލުވުމުގެ ޙަރަކާތްތަކަށް ޚާއްޞަކުރުން.

  • ބޮނޑިބަތް ޕާކު ހުރި ބިން: ޕާކިންގ ޢިމާރާތަކާއި ވިޔަފާރި ޚިދުމަތްތައް ހިމެނޭ ފެސިލިޓީއެއް ތަރައްޤީކުރުން.

  • ރަސްފަންނު ސަރަޙައްދު: މި ސަރަޙައްދު ހިންގުމާއި ބެލެހެއްޓުން ސީދާ ސަރުކާރުގެ ދަށަށް ގެނައުން.

  • ތައިސޭކޮށީގެ ހުސްބިންތައް: ތަރައްޤީގެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތައް ކުރިއަށްގެންދާ ވޯކް ސައިޓެއްގެ ގޮތުގައި ހަމަޖެއްސުން.

  • މަސްވެރިންގެ މައިޒާން: މިހާރެކޭވެސް އެއްފަދައިން އެމް.ޑަބްލިއު.އެސް.ސީގެ ޕަމްޕް ސްޓޭޝަނެއްގެ ގޮތުގައި ދެމެހެއްޓުން.

  • ޕޭ ޓޮއިލެޓް 2 ހުރި ބިން: ޒަމާނީ ފެންވަރުގެ ޢާންމު ފާޚާނާއަކާއި އެއާ ގުޅުންހުރި ޚިދުމަތްތައް ޤާއިމުކުރުން.

މި ނިންމުމަކީ ހުސްކޮށް ހުރި ބިންތަކުން ރައްޔިތުންނަށް އެންމެ އެދެވޭ އަދި ފައިދާހުރި މަންފާއެއް ހޯދައިދިނުމަށާއި، މިހާރު ޤާއިމުކޮށްފައިވާ ޕާކުތައް ދެމެހެއްޓެނިވި އުޞޫލަކުން ތަރައްޤީކޮށް ބެލެހެއްޓުމަށްޓަކައި ނިންމެވި ނިންމުމެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ

ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓްގައި އަނިޔާވީ 17 އަހަރުގެ ފިރިހެން ކުއްޖަކަށާއި 20 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނަކަށެވެ.

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ

މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލުގެ ފަހަތުގައި އިން އަންހެނަކަށެވެ. ނަމަވެސް އެކްސިޑެންޓްވި ދެ ސައިކަލު ދުއްވަން ތިބި ދެ ފިރިހެނުންނަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި
16 Oct 2026 ހަބަރު

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި

އެ ދެ ޕައިލެޓުން ރާއްޖެ ފޮނުވާލީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި
16 Oct 2026 ހަބަރު

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ ރޯލްއޯވަރ )މުއްދަތު އިތުރު( ކޮށްދީފިއެވެ. މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.

ކާރަކާއި ފުލުހުންގެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، ދެ ފުލުހަކަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކާރަކާއި ފުލުހުންގެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، ދެ ފުލުހަކަށް އަނިޔާވެއްޖެ

ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ އަމީން އެވެނިއުއާ ދިމާލުން ދުއްވާފައި ދިޔަ ކާރަކާއި، އެ މަގަށް ނުކުތް ފުލުހުންގެ ސައިކަލެއް ޖެހިގެން ކަމަށެވެ.

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
16 Oct 2026 ހަބަރު

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

ށ. އަތޮޅުން އައްޑުއާ ދެމެދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ހެނދުނު 8 އިން މެންދުރުފަހު 2 އަށް މެޓުން ހުދު ސަމާލެއް ނެރެފިއެވެ.