އަލް ނަކްބާ - އުންމަތުގެ ކާރިސާ ދަރުސް ޕޯސްޓަރ-- ގްރެފިކްސް/ އަލް-ޢަޞްރު
އަލް ނަކްބާ - އުންމަތުގެ ކާރިސާ ދަރުސް ޕޯސްޓަރ-- ގްރެފިކްސް/ އަލް-ޢަޞްރު
ހަބަރު 09 Nov 2023 | 14:41

ފަލަސްޠީން ހަލާތާއި ގުޅޭ، ޑރ. ޝަމީމްގެ ބޮޑު ދަރުސް މިރޭ އާޓިފިޝަލް ބީޗުގައި!

ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ފަލަސްޠީން ރައްޔިތުން އަތުން ބިންތައް ފޭރިގަނެ މުޅި ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ހިންގަމުންދ ޖަރީމާތަކާއިގުޅޭ މަޢުލޫމާތު ދިނުމަށް އަލް-ޢަޞްރުގެ ފަރާތުން ބާއްވާ ޚާއްސަ ދަރުސް މިރޭ އޮންނާނެ ކަމަށް ބުނެފިއެވެ.

"النكبة - އުންމަތުގެ ކާރިސާ" ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ދަރުސް އޮންނާނީ މިރޭ 21:00 ގައި އާރޓިފިޝަލް ބީޗް ސަރަހައްދުގައެވެ.

ދަރުސް ދެއްވާނީ ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިޔާ ޑރ.އާދަމް ޝަމީމެވެ.

އަލް-ޢަޞްރުން ބުނީ، މި ދަރުސްގައި ފަލަސްތީނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ކަންކަން ފެށިގެން އައި ގޮތަކީ، އެ މައްސަލާގައި އެކި މަރުހަލާ ތަކުގައި ކަން ހިނގާ ގޮސްފައިވާ ގޮތަށް އަލި އަޅުވާ ލެވޭނެ އެވެ. އަދި ފަލަސްތީނުގެ މިހާރުގެ ހާލަތާއި ގުޅޭގޮތުންވެސް އާއްމުންނަށް މައުލޫމާތު ތަކެއް އެނގިގެން ދާނެ ކަމަށްވެސް ބުނެއެވެ.

މީގެ އިތުރުން، ފަލަސްތީން ކާރިސާއިން މުސްލިމުންނަށް ލިބޭ ފިލާވަޅުތަކާ ބެހޭ ގޮތުންވެސް މިދަރުސްގައި ޝެއިޚް ވާހަކަ ދައްކަވާނެ ކަމަށް އަލް-ޢަޞްރުން މައުލޫމާތު ދެއެވެ.

އަލް ނަކްބާ - އުންމަތުގެ ކާރިސާ ދަރުސް ޕޯސްޓަރ-- ގްރެފިކްސް/ އަލް-ޢަޞްރު

އަލް-ޢަޞްރުން އިތުރަށް ބުނެފައިވާ ގޮތުން، މި ދަރުސް ކުރިއަށްދާ ވަގުތު ތަކުގައި، އެ ސަރަހައްދުގައި އައިއޭސީގެ ޣައްޒާ ރިލީފް ފަންޑަށް ފައިސާ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމުގެ ގޮތުން ފަންޑް ފޮއްޓެއްވެސް ބެހެއްޓިފައި ހުންނާނެއެވެ.

އެހެންކަމުން ވީހާވެސް ގިނަ ފަރާތްތަކުން މިރޭގެ ދަރުހަށް އައުމަށް  އަލް-ޢަޞްރުން ވަނީ ދަޢުވަތު ދީފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު
16 Oct 2026 ހަބަރު

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 45 އަހަރުގެ ދެ ފިރިހެނުންނާއި 39 އަހަރުގެ ފިރިހެނެކެވެ.

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި
16 Oct 2026 ހަބަރު

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި

އެއީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކުރިކަމެއް ކަމަށް އެފަރާތުން ވަނީ ބުނެފައި ކަމަށް ފުލުހުން ބުންޏެވެ.

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ

ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓްގައި އަނިޔާވީ 17 އަހަރުގެ ފިރިހެން ކުއްޖަކަށާއި 20 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނަކަށެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް
16 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް

ކައުންސިލުން ބުނީ މިރޭ 9:00 ގައި ކައުންސިލްގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ

މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލުގެ ފަހަތުގައި އިން އަންހެނަކަށެވެ. ނަމަވެސް އެކްސިޑެންޓްވި ދެ ސައިކަލު ދުއްވަން ތިބި ދެ ފިރިހެނުންނަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި
16 Oct 2026 ހަބަރު

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި

އެ ދެ ޕައިލެޓުން ރާއްޖެ ފޮނުވާލީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި
16 Oct 2026 ހަބަރު

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ ރޯލްއޯވަރ )މުއްދަތު އިތުރު( ކޮށްދީފިއެވެ. މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.

ކާރަކާއި ފުލުހުންގެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، ދެ ފުލުހަކަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކާރަކާއި ފުލުހުންގެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، ދެ ފުލުހަކަށް އަނިޔާވެއްޖެ

ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ އަމީން އެވެނިއުއާ ދިމާލުން ދުއްވާފައި ދިޔަ ކާރަކާއި، އެ މަގަށް ނުކުތް ފުލުހުންގެ ސައިކަލެއް ޖެހިގެން ކަމަށެވެ.