N/A
N/A
ހަބަރު 12 Nov 2018 | 12:08

ޖުމްހޫރީ 50: ޖަލްސާގައި ރައީސް އަދި މިނިސްޓަރަކު ނެތުމުން މައުމޫން ފާޑު ވިދާޅުވެއްޖެ

ދެވަނަ ޖުމްހޫރިއްޔަތަށް 50ވަނަ އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހާއްސަ ޖަލްސާއިން މިހާރު ސަރުކާރު ހިންގުމާ ހަވާލުވެ ތިއްބެވި ކެބިނެޓްގެ މެންބަރަކު އަދި ރައީސް ޔާމީން ބައިވެރިވެވަޑައި ނުގަތުމުން އެކަމާ ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައީސް މައުމޫން މިކަމައި ބެހޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ.

މިޓްވީޓްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ރޭގެ ޖަލްސާގައި ރައީސް ޢަބުދްﷲ ޔާމީންއާއި ކެބިނެޓްގެ އެންމެ ވަޒީރަކުވެސް ބައިވެރިވަޑައިނުގަންނަވާ ކަމަށެވެ. އަދި މިއީ ގައުމީ އަގު އަދާކުރައްވާ ގޮތްތޯ އައްސަވާ ސުވާލު އުފައްދަވާފައިވެއެވެ.

ދައުލަތުގެ އިސްވެރިން މިޖަލްސާއިން ފެނިވަޑައިނުގަތުމަކީ އެކަމާއި ހިތާފުޅުކުރައްވާ ކަމެއް ކަމުގައިވެސް މައުމޫން ވިދާޅުވެފައިވެއެވެ.

ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޖުމްހޫރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވުނު މި ޖަލްސާ ޝަރަފުވެރި ކޮށްދެއްވީ އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރް އެވެ.

ދެވަނަ ޖުމްހޫރިއްޔާގެ 2 ވަނަ ރައީސް ކަމަށްވާ ރައީސް މައުމޫނު ވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އިއްޔެ ބަޔާނެއް ނެރުއްވާފައެވެ.

ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ސުޕްރީމް ކޯޓުގެ ހުކުމް އައުމަށްފަހު ރައީސް ޔާމީން މިފަދަ ޖަލްސާތަކުންނާއި އެހެނިހެން އިވެންޓްތަކުން ފެންނަލެއް ވަރަށް މަދެވެ.

އެކަމައިމެދު ގިނަބައެއްގެ ފާޑުކިޔުންތައް އެމަނިކުފާނަށް ދަނީ އަމާޒުވަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި
23 Nov 2026 ހަބަރު

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި

ފުލުހުން މައުލޫމާތު ދިންގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ކޫއްޑޫގައި މީހަކު މަސްތުވާތަކެތި ރައްކާކޮށް، ފުޅާދާއިރާއެއްގައި އެ ތަކެތި ވިއްކާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ގއ. ވިލިނގިލި ޕޮލިސް އަދި މާމެންދޫ ޕޮލިސް ގުޅިގެންނެވެ.

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް
23 Nov 2026 ހަބަރު

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ދުންފުހުގެ އަސަރު ކުރިއަށް އޮތް ތިން ދުވަހުވެސް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް
23 Nov 2026 ހަބަރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހަޅާފައިވާއިރު، އެ ރިޕޯޓަށް 23 އިސްލާހެއް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. އެ އިސްލާޙް ތަކާއި ހުށަހެޅުއްވި މެމްބަރުން ހާމަކުރައްވާފައެއް ނުވެއެވެ.

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް
23 Nov 2026 ހަބަރު

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ބޭއްވި ތިން ބީޗް ވޮލީ މުބާރާތެއްގައި އެއްވެސް މެޗަކުން ބަލިނުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަން ވެސް މި ކޯޕަރޭޝަންގެ "ކްލަބް އެޗްޑީސީ"ން ހޯދައިފިއެވެ.