ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް ތަސްދީގުކޮށްފި
ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފެއްދި ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް ތަސްދީގުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިބިލް ތަސްދީގުކުރެއްވުމާއި އެކު، ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިއުކުރެވިފައެވެ.
ގޮތްނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންނާއި، ދައުލަތުން ގެއްލިފައިވާ ފައިސާތަކުގެ މައްސަލަތައް ބަލައި ތަހުގީގުކުރުމަށް އުފެއްދި ދެ ކޮމިޝަނަށް ބާރުދޭ ބިލްތައް މިދިޔަ މަޖިލީހުގެ އެންެމެ ފަހުގެ ދައުރު ނިމުނުއިރު ފާާސްކުރުމަށް ރޭވުނެވެ.
ނަމަވެސް އެބިލް ފާސްނުކޮށް އެ މަޖިލީހުން ޗުއްޓީއަށް ދިއުުމުން ގިނަ ފަރާތްތަކުން ވަނީ އެ މަޖިލީހަށް ނުރުހުން އަމާޒުކޮށްފައެވެ.
އެ ބިލް ފާސްކުރީ މި ހިނގާ ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުންނެވެ.
މި ބިލްގެ ޒަރިއްޔާއިން ރިޔާސީ ކޮމިޝަންތަކަށް ބޮޑެތި ބާރުތަކެއް ލިބޭއިރު، މިއީ ނުހައްގު ބާރުތަކެއްކަމަށްބުނެ އިިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް