ލޯންޗާއި ޑިންގީގެ އެކްސިޑެންޓް: އަނިޔާވި 2 މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ޅ. މަޑިވަރު އެއާޕޯޓާ ދިމާ ކަނޑުމަތީން ލޯންޗަކާއި ޑިންގީއެއް ޖެހި ރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވި ދެ މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ 8:26 ހާއިރު އެވެ.
އަދި އެކްސިޑެންޓާއި ގުޅިގެން ތިން މީހަކަށް ވަނީ އަނިޔާވެފައިވާއިރު އެ މީހުންނަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ޅ އަތޮޅު ހޮސްޕިޓަލްގައެވެ.
ފުލުހުން މިއަދު ބުނީ، އެ ތިން މީހުންގެ ތެރެއިން ޑިންގީގެ ކެޕްޓަނާއި އިތުރު މީހަކު އިތުރު ފަރުވާއަށް ރޭގެ ވަގުތެއްގައި މާލެ ގެނެސްފައިވާ ކަމަށެވެ.
މި އެކްސިޑެންޓަށް ފަހު ޑިންގީ ގެއްލިފައިވާ ކަމަށާ ބެލެވެނީ އަޑިއަށް ދިޔައީ ކަމަށް ފުލުހުން ބުނެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް