1 ބިލިއަން ޑޮލަރުގެ އެހީދިނުމުގެ ބޮޑު އެއްބަސްވުމެއްގައި ސަރުކާރުން ސޮއިކޮށްފި
އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަނުން 1.5 ބިލިޔަން ޑޮލަރުގެ އެހީއެއް ދިނުމުގެ އެއްބަސްވުމެއްގައި ސަރުކާރުން ސޮއިކޮށްފިއެވެ.
މިއަދު ކުރުނބާ މޯލްޑިވްސްގައި އޮތް ރަަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ. އައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހާނީ ސަލީމް ސޮންބޮލްއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ އައިޓީއެފްސީއަކީ 2008ވަނަ އަަހަރުން ފެށިގެން ދިވެހިރާއްޖެއަށް ބޮޑެތި އެހީތަކެއްވަމުން އަންނަ ފަރާތެއްކަމަށެވެ.
އެގޮތުން އެކުންފުންޏަކީ ރާއްޖޭގައި އުފައްދާ ކަރަންޓަށް ބޭނުންވާ 80އިންސައްތަ ތެޔޮ ގަތުމަށް އެހީތެރިވެދޭ ކުންފުނިކަމަށް އަމީރު ވިދާޅުވިއެވެ.
މިއަދު މި ސޮއިކުރެވުނު އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ކުރިއަރާ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ކުރިއަރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް