އާޓިފިޝަލް ބީޗު ކައިރިން މަގުމައްޗަށް ވެއްޓުނު މީހަކު ފަރުވާދެނިކޮށް މަރުވެއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އާޓިފިޝަލް ބީޗު ކައިރިއަށް މަގުމައްޗަށް ވެއްޓިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މީހަކު މިއަދު މަރުވެއްޖެއެވެ.
މި ހާދިސާގައި މަރުވެފައިވަނީ، އުމުރުން 53 އަހަރުގެ ސ. ހިތަދޫ، ސޯސަންގެ އަޙުމަދު ޝަރީފެވެ.
ފުލުހުން ބުނީ، މިއަދު ހެނދުނު 8:56 ހާއިރު އާޓިފިޝަލް ބީޗު ކައިރިން މަގުމައްޗަށް ވެއްޓުނު މީހަކު, ފުލުހުން ނަގައިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.
އަދި އޭނާއަށް އޭޑީކޭގައި ފަރުވާ ދެމުން އަންނަނިކޮށް 10:03 ހާއިރު، މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާއާ މެދުވެރިވެރިވަން ދިމާވި ސަބަބާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް