ޗީޒީ ޗިކަން ބްރެޑް ރޯލްސް
ޗީޒީ ޗިކަން ބްރެޑް ރޯލްސް
ލައިފްސްޓައިލް 27 Mar 2024 | 06:17

މިއަދު ރޯދަވީއްލާ ގަޑީގައި ޗީޒީ ޗިކަން ބްރެޑް ރޯލްސްގެ އަޖުމަ ބަލާލަމާ!

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ރޯލްސް އަކީ ނުވަތަ އޮޅިފޮޅި އަކީ ދިވެހީން އެކި ގޮތް ގޮތަށް އެކި އެއްޗެހި ލައިގެން ތައްޔާރުކޮށް އުޅޭ އެއްޗެކެވެ. މިއަދު ވޮއިސްގެ ބަދިގެއިން މިގެނެސްދެނީ ކުކުޅާއި ޕާން ބޭނުން ކޮށްގެން ވަރަށް މީރުކޮށް ރޯލްސް ތައްޔާރު ކުރާނެ ގޮތެވެ. ކުކުޅުގެ ބަދަލުގައި ބޭނުން ނަމަ ދަޅުމަސް ވެސް ބޭނުން ކުރެވިދާނެއެވެ. މި ރެސިޕީވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ.

ބޭނުންވާ ތަކެތި

6-7 ޕާން ފޮތި

500 ގްރާމް ބޯންލެސް ކުކުޅު ( ކުދިކޮށް ކިޔުބްކޮށް ކޮށާފައި)

1 ކެޕްސިކަމް ( ކަރުގަނޑު ނަގައި ކިޔުބްކޮށް ކޮށާފައި)

1 ފިޔާ (ކިޔުބްކޮށް ކޮށާފައި)

ގިތެޔޮ މިރުސް (ކުދިކޮށް ކޮށާފައި)

1 ސައި ސަމުސާ ލޮނުމެދު ޕޭސްޓް

1/2 ސައިސަމުސާ އިނގުރު ޕޭސްޓް

ހިކަނދިފަތް ( ކުދިކޮށް ކޮށާފައި)

1 ސައިސަމުސާ އޮއިސްޓަ ސޯސް

1 ސައި ސަމުސާ ސޯޔާ ސޯސް

3 މޭޒުމަތީ ސަމުސާ ފްރައިޑް ޗިކަން ޗިލީ ސޯސް

1 ސައި ސަމުސާ ތެޅި މިރުސް

2 މޭޒުމަތީ ސަމުސާ ތެޔޮ

ލޮނު

މޮޒެރެއްލާ ޗީޒް (ގާނާފައި)

1 ޖޯޑް ފާރޮށި ކުނޑި

6 ބިސް

ތައްޔާރުކުރާނެ ގޮތް

1) ފިޔާ، ލޮނުމެދު ޕޭސްޓް، އިނގުރު ޕޭސްޓް، ހިކަނދިފަތް އަދި ކެޕްސިކަމް ތެޔޮ ފޮދަކަށް އަޅައިގެން ރަނގަޅަށް ފްރައިކޮށްލާށެވެ.

2) އޭގެ ތެރެއަށް ކުކުޅު ކޮޅު އަޅާލުމަށްފަހު، ސޯޔާ ސޯސް އަދި އޮއިސްޓަރ ސޯސް، ތެޅި މިރުސް އަޅާލައި ކުކުޅުކޮޅު ރަނގަޅަށް ރޯފިލައި ކުޑަކޮށް މުށިކުލަ އަރަންދެން ކައްކާލާށެވެ. ކެކުމުން ފްރައިޑް ޗިކަން ސޯސް އަޅައި އެކުލަވައިލުމަށްފަހު އުނދުން ނިއްވާލާށެވެ.

3) ދެން ޕާން ފޮތިތަކުގެ ކައިރި ނެގުމަށްފަހު، ރޮށި ދަމާ އެތިން ރަނގަޅަށް ދަމާލާށެވެ. އަދި އޭގެ އެއް ސައިޑަށް ތެރެއަށް ކުކުޅު ކޮޅުން ގާތްގަނޑަކަށް ދެ މޭޒުމަތީ ސަމުސާ އެޅުމަށްފަހު، އޭގެ މައްޗަށް ގާނާފައިހުރި ޗީޒް ކޮޅެއް އަޅާލާފައި އޮޅާލާށެވެ. ޕާނުގެ ފަހު ތަންކޮޅު ފެން ފޮދަކުން ނުވަތަ ރޯބިސް ލައިގެން ތަތް ކޮށްލާށެވެ.

4) ރޯލްތައް ތައްޔާރުކޮށް ނިމުމުން، ބިސް ތައް ތައްޓަކަށް އެޅުމަށްފަހު، ބިހުގެ ތެރެއަށް ރޯލް ލުމަށްފަހު، ރަނގަޅަށް ބިސް އުނގުޅާލުމަށްފަހު، ރޯލް ފާރޮށި ކުނޑީގެ ތެރެއަށްލައި ރަނގަޅަށް ފާރޮށި ކުނޑި އުނގުޅާލާށެވެ.

5) ދެން ތަވައެެއްގެ ތެރޭގައި މަޑު ގިނީގައި ރޯލްސްތައް ތެލުލާލާށެވެ. ޗީޒީ ޗިކަން ބްރެޑް ރޯލްސް އެހުރީ ތައްޔާރުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ
27 Feb 2026 ލައިފްސްޓައިލް

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ

ރޯދަ ވީއްލާ ގަޑީގައި ކުޅި އެއްޗެއް ކައިލުމަށްފަހު ފޮނި އެއްޗެއްގެ ރަހަބަލާލުމަށް ބޭނުންވާ މީހުން މަދެއް ނޫނެވެ. މިއީ އެފަދަ މީހުން ތައްޔާރު ކޮށްލަން ރަނގަޅު، ފަސޭހަ ގޮނި އެއްޗެއްގެ ރެސިޕީއެވެ. ބޭނުންވ...