މީރާ
މީރާ
ވިޔަފާރި 30 Sep 2024 | 10:22

ދައުލަތަށް ނުލިބި ހުރި ޓެކްސް ފައިސާއިން 639 މިލިއަން ރުފިޔާ ހޯދައިފި

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ޓެކްސް އާއި އެހެނިހެން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން 639 މިލިއަން ރުފިޔާ ޓެކްސް އިދާރާ، މީރާއިން ހޯދައިފި އެވެ.

މީރާއިން އާއްމު ކޮށްފައިވާ ދެވަނަ ކުއާޓާގެ ރިޕޯޓުގައިވާ ގޮތުން ވޭތުވެދިޔަ ހަ މަސް ތެރޭގައި މީރާއިން ވަނީ ދައުލަތަށް ނުލިބި ހުރި ޓެކްސް ފައިސާ ހޯދުމަށް އެކި ގޮތް ގޮތުން މަސައްކަތް ކޮށއފައެވެ.

އެގޮތުން، ތަކުރާރުކޮށް ގުޅައި، ޓެކްސް ހޯދުމަށް އަންގައިގެން 515 މިލިއަން ރުފިޔާ ދައުލަތަށް ހޯދައިފައިވާއިރު، ޑިއުޒް ކްލިއަރެންސްގެ ގޮތުގައި 93 މިލިއަން ރުފިޔާ، ބޭންކް އެކައުންޓު ފްރީޒްކޮށްގެން 21 މިލިއަން ރުފިޔާ އަދި އޯވަޑިއުވެފައިވާ ޕޭމެންޓްތަކުގެ ގޮތުގައި 12 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ. އަދި ފައުސާ ދައްކަންޖެހޭ ފަރާތްތަމަށް ހަނދާންކޮށްދީގެން 135،000ރ. ހޯދައިފަ އިވާއިރު، ކޯޓު މަރުހަލާގެ ތެރެއިން 10،000ރ. ވަނީ ހޯދައިފަ އެވެ.

މިފައިސާ ހޯދުނު ނަމަވެސް، ޖުމްލަ ޓެކުހާއި ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 10 ބިލިއަން ރުފިޔާ ނުލިބޭ ކަމަށް ތަފާސް ހިސާބުތަކުން އެނގެއެވެ. އޭގެ ތެރޭގައި ޓެކްސްގެ ގޮތުގައި ނުލިބޭ 5.5 ބިލިއަން ރުފިޔާ އާއި ރިސޯޓު ކުލީގެ ގޮތުގައި ނުލިބި ހުރި 4.3 ބިލިއަން ރުފިޔާ ހިމެނެ އެވެ.

މީރާއިން ނިމިދިޔަ ކުއާޓަރުގައި ވަނީ، ޖުމުލަ 83 އޮޑިޓެއް ހަދައިފައެވެ. އޭގެތެރޭގައި ބިޒްނަސް ޕްރޮފިޓް ޓެކްސްއާ ގުޅޭ 14 އޮޑިޓެއް ހަދައިފައި ވާއިރު، ޖެނެރަލް ސެކްޓާއިން ގޫޑްސް އެންޑް ސާވިސަސް ޓެކްސްއާ ގުޅޭ 10 އޮޑިޓެއް ހަދައިފައިވެއެވެ. އަދި ޓުއަރިޒަމް ސެކްޓާއިން ގޫޑްސް އެންޑް ސާވިސަސް ޓެކްސްއާ ގުޅޭ 17 އޮޑިޓަކާއި އިންކަމް ޓެކްސްއާ ގުޅޭ 37 އޮޑިޓެއްގެ އިތުރުން ގްރީން ޓެކްސްއާ ގުޅޭ ފަސް އޮޑިޓެއް ވަނީ ހަދައިފައެވެ.

އެ އޮޑިޓްތަކުން 93 މިލިއަން ރުފިޔާ ދައުލަތަށް އިތުރަށް ލިބެން ޖެހޭކަން ވަނީ ފާހަގަކުރެވިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މޯލްޑިވްސް ގެސްޓް އިންފޮމޭޝަން ސިސްޓަމަކީ ޓެކްސްގެ ނިޒާމަށް ލިބުނު ކުރިއެރުމެއް: މާލީ ވަޒީރު
01 Oct 2026 ހަބަރު

މޯލްޑިވްސް ގެސްޓް އިންފޮމޭޝަން ސިސްޓަމަކީ ޓެކްސްގެ ނިޒާމަށް ލިބުނު ކުރިއެރުމެއް: މާލީ ވަޒީރު

މީރާއިން މިއަދު ތައާރަފުކުރި މޯލްޑިވްސް ގެސްޓް އިންފޮމޭޝަން ސިސްޓަމް (އެމްޖީއައިއެސް) އަކީ ފަތުރުވެރިންގެ ޑޭޓާ އެއް ވިއުގައަކުން ދައުލަތުގެ މާލީ އިދާރާތަކާ ގުޅުވައިދޭ ވަރަށް މުހިންމު ވަސީލަތެއް ކަމަށް...

ޓެކްސް ދައްކާ ފަރާތްތަކަށް ލުޔެއް؛ މީރާއިން "މޯލްޑިވްސް ގެސްޓް އިންފޮމޭޝަން ސިސްޓަމް" ތަޢާރަފުކޮށްފި
01 Oct 2026 ހަބަރު

ޓެކްސް ދައްކާ ފަރާތްތަކަށް ލުޔެއް؛ މީރާއިން "މޯލްޑިވްސް ގެސްޓް އިންފޮމޭޝަން ސިސްޓަމް" ތަޢާރަފުކޮށްފި

ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން "މޯލްޑިވްސް ގެސްޓް އިންފޮމޭޝަން ސިސްޓަމް" (އެމް.ޖީ.އައި.އެސް) ރަސްމީކޮށ...

ޓެކުސް ނުދައްކާ 33 ފަރާތެއްގެ ނަން މީރާއިން ޢާންމުކޮށްފި
21 Sep 2026 ހަބަރު

ޓެކުސް ނުދައްކާ 33 ފަރާތެއްގެ ނަން މީރާއިން ޢާންމުކޮށްފި

ދައުލަތަށް ދައްކަންޖެހޭ ޓެކުހުގެ ފައިސާގެ ތެރެއިން އެއް މިލިއަން ރުފިޔާއަށްވުރެ ބޮޑު ޢަދަދެއް ނުދައްކައި ހުރި 33 ފަރާތެއްގެ މަޢުލޫމާތު މީރާއިން ހާމަކޮށްފިއެވެ. މި ލިސްޓުގައި ކޮރަޕްޝަންގެ ކުށް ސާބިތުވެ...

ޓެކްސް ނެގުމާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހް ތަކާއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއިތަކެއް ލިބޭނެ: ރައީސް
31 Aug 2026 ހަބަރު

ޓެކްސް ނެގުމާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހް ތަކާއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއިތަކެއް ލިބޭނެ: ރައީސް

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވާފައިވަ...

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު، ޓެކުހުން ލިބުނު އާމްދަނީ 12 އިންސައްތަ އިތުރުވެއްޖެ
22 Aug 2026 ހަބަރު

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު، ޓެކުހުން ލިބުނު އާމްދަނީ 12 އިންސައްތަ އިތުރުވެއްޖެ

ދައުލަތަށް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 12 އިންސައްތަ އިތުރުވެއްޖެ ކަމަށް ދައުލަތުގެ ޓެކްސް އިދާރާއިން ހާމަކޮށްފިއެވެ. ޓެކްސް އިދާރާގެ ހިސާބުތަކުން ދައްކާ...

ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހުޅުވާލައިފި
10 Aug 2026 ހަބަރު

ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހުޅުވާލައިފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވެފައިވާތީ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އަލުން ހުޅުވާލ...