މޯލްޑިވްސް ގެސްޓް އިންފޮމޭޝަން ސިސްޓަމް ލޯންޗުކުރުން- ފޮޓޯ/ މީރާ
މޯލްޑިވްސް ގެސްޓް އިންފޮމޭޝަން ސިސްޓަމް ލޯންޗުކުރުން- ފޮޓޯ/ މީރާ
ހަބަރު 01 Oct 2026 | 07:47

ޓެކްސް ދައްކާ ފަރާތްތަކަށް ލުޔެއް؛ މީރާއިން "މޯލްޑިވްސް ގެސްޓް އިންފޮމޭޝަން ސިސްޓަމް" ތަޢާރަފުކޮށްފި

ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން "މޯލްޑިވްސް ގެސްޓް އިންފޮމޭޝަން ސިސްޓަމް" (އެމް.ޖީ.އައި.އެސް) ރަސްމީކޮށް މިއަދު އިފުތިތާޙުކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ސިސްޓަމް ރަސްމީކޮށް އިފުތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިސެސް، ހަސަން ޒަރީރެވެ.

މީރާއިން ބުނީ މި ސިސްޓަމް ތަޢާރަފުކުރުމާއެކު، ގްރީން ޓެކުހަށް ރަޖިސްޓަރީކޮށްފައިވާ ހުރިހާ ފަރާތްތަކަށް ވެސް ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނަށް (ޓޫރިސްޓް އެސްޓެބްލިޝްމަންޓްތަކަށް) އަންނަ ފަތުރުވެރިންގެ މަޢުލޫމާތު މި ސިސްޓަމް މެދުވެރިކޮށް ފަސޭހަކަމާއެކު ހުށަހެޅޭނެ ކަމަށެވެ.

އަދި މި ސިސްޓަމް މެދުވެރިކޮށް މަޢުލޫމާތު ހުށަހެޅުމުން، މިނިސްޓްރީ އޮފް ޓޫރިޒަމަށް ހުށަހަޅަންޖެހޭ މަޢުލޫމާތުތައް ވެސް އެ މިނިސްޓްރީއަށް ހުށަހެޅުނީ ކަމުގައި ބެލެވޭނެ ކަމަށް އެ އޮތޯރިޓީން މަޢުލޫމާތުދެއެވެ.

މީގެއިތުރުން، މި އައު އިންތިޒާމުގެ ސަބަބުން ޓޫރިސްޓް އެސްޓެބްލިޝްމަންޓްތަކުން މަޢުލޫމާތު ހުށަހެޅުމުގައި އުފުލަންޖެހޭ ތަކުލީފުތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް މީރާއިން ބުންޏެވެ. އަދި މި ސިސްޓަމަކީ ވިޔަފާރިތަކުގެ އަމިއްލަ ސިސްޓަމްތަކާ ގުޅާލެވޭ (އިންޓަގްރޭޓް ކުރެވޭ) ނިޒާމަކަށް ވާތީ، މަޢުލޫމާތު ހުށަހެޅުމަށް މެނުއަލްކޮށް ކުރަންޖެހޭ މަސައްކަތްތައް މުޅިން ނިމުމަކަށް އަންނާނެ ކަމަށް ވެސް މީރާއިން ފާހަގަކުރެއެވެ.

މި ސިސްޓަމަކީ ހުރިހާ ފަރާތްތަކަށް ވެސް ބޭނުންކުރެވޭ ގޮތަށް ހުޅުވާލެވިފައިވާ ސިސްޓަމެއް ނަމަވެސް، ޓެކްސް ދައްކާ ފަރާތްތައް ސިސްޓަމަށް އޮންބޯޑް ކުރުމަށް ހަމަޖެހިފައިވަނީ ދެ މަރުޙަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން:

1 ނޮވެމްބަރު 2026 އިން ފެށިގެން: ރިސޯޓުތަކާއި، ހޮޓާތަކާއި، އަދި 50 އެނދަށްވުރެ މަތީގެ ގެސްޓްހައުސްތަކުން މި ސިސްޓަމް މެދުވެރިކޮށް ރިޕޯޓުކުރަން ފަށަންޖެހޭނެއެވެ.

1 ޖަނަވަރީ 2027 އިން ފެށިގެން: ގްރީން ޓެކުހަށް ރަޖިސްޓަރީކޮށްފައިވާ އެހެނިހެން ހުރިހާ ފަރާތްތަކުން މި ސިސްޓަމް ބޭނުންކުރަން ފަށަންޖެހޭނެއެވެ.

މީރާއިން ބުނީ އައު ސިސްޓަމް ތައާރަފް ކުރި ނަމަވެސް ގްރީން ޓެކްސް ބަޔާން ހުށަހެޅުމާއި، ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ ސުންގަޑިތަކަށް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ކުރިއެކޭ އެއްފަދައިން ގްރީންޓެކްސް ރިޓާން ހުށަހެޅުމާއި، ފައިސާދެއްކުން ކުރިއަށްދާނީ ”މީރާކަނެކްޓް“ މެދުވެރިކޮށް ކަމަށެވެ.

ނަމަވެސް، މި ސިސްޓަމަށް މަޢުލޫމާތު ރިޕޯޓް ކުރުމުން އެ މުއްދަތުގެ ގްރީން ޓެކްސް ބަޔާނާއެކު އިތުރު އިންފޮމޭޝަން ޝީޓެއް އަޕްލޯޑްކުރާކަށް ނުޖެހޭނެ ކަމަށާ، އޭގެ ބަދަލުގައި ބަޔާން ހުށަހަޅާއިރު، އެ މަޢުލޫމާތު ގްރީން ޓެކްސް ބަޔާނަށް ޕްރީފިލް ކޮށްދޭނެ ކަމަށްވެސް މީރާއިން މަޢުލޫމާތު ދެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކުލި ނުދައްކާ ދިގު މުއްދަތެއްވުމުން ރިވެލީގެ ވިޔަފާރި ހުއްޓުވާ އެ ބިން އެޗްޑީސީއަށް ނަގައިފި 
02 Nov 2026 ހަބަރު

ކުލި ނުދައްކާ ދިގު މުއްދަތެއްވުމުން ރިވެލީގެ ވިޔަފާރި ހުއްޓުވާ އެ ބިން އެޗްޑީސީއަށް ނަގައިފި 

އެޗްޑީސީން ބުނީ މިއަދުން ފެށިގެން އެ ބިން އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށަށް ނެގުމަށް ނިންމާފައިވާ ކަމަށެވެ.

ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޑައިވަރަކު ސަސްޕެންޑުކޮށްފި
02 Nov 2026 ހަބަރު

ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޑައިވަރަކު ސަސްޕެންޑުކޮށްފި

މިކަމާ ގުޅިގެން މޯލްޑިވްސް ލެޖެންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހާދިސާ ހިނގި ވަގުތު އެ ލިވްއަބޯޑުން ޑައިވިންއަށް ގޮސް އުޅުނު ގެސްޓުންނާއި ޑައިވް ޓީމުގެ މެންބަރުންގެ ލިޔުންތަކާއި ބަޔާންތައް ހޯދައި މައްސަލަ އޮޅުންފިލުވާފައިވާ ކަމަށެވެ. އޭޖެންސީން ބުނީ، ހަމަނުޖެހުން އުފެދުނީ އެހެން އުޅަނދެއްގެ ޑައިވް ގައިޑަކާ ދެމެދު ކަމަށާއި، މޯލްޑިވްސް ލެޖެންޑުގެ ޓީމުން މަސައްކަތްކުރީ އެ މައްސަލަ ހުއްޓުވުމަށް ކަމަށެވެ.

މިދިޔަ ހަފުތާގައި އެމްޕީއެލްއިން 41 ހާހަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފި
02 Nov 2026 ހަބަރު

މިދިޔަ ހަފުތާގައި އެމްޕީއެލްއިން 41 ހާހަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފި

އެމްޕީއެލް އިން އާންމުކޮށްފައިވާ މިދިޔަ އޮކްޓޫބަރު މަހުގެ ފަހު ހަފުތާގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެ މުއްދަތުގެ ތެރޭގައި ޖުމުލަ 1،958 ކޮންޓެއިނަރު ވަނީ ކްލިއާ ކޮށްފައެވެ. މީގެ ތެރޭގައި ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން ގެނައި 1،472 ކޮންޓެއިނަރާއި، އާންމު މުދާ އުފުލާ ބޯޓުފަހަރުން ގެނައި 486 ކޮންސައިންމަންޓް ހިމެނެއެވެ.

މެއިންޓަނަސް މަސައްކަތައް ވިލިމާލެއިން މިރޭ ފެނުގެ ހިދުމަތް މެދުކަނޑާލަނީ
02 Nov 2026 ހަބަރު

މެއިންޓަނަސް މަސައްކަތައް ވިލިމާލެއިން މިރޭ ފެނުގެ ހިދުމަތް މެދުކަނޑާލަނީ

އެމްޑަބްލިއުއެސްސީން މިކަން އިއުލާންކޮށްފައިވަނީ، އެ ކުންފުނިން މިއަދު އެކްސްގައި ކުރި ޕޯސްޓަކުންނެވެ.

އާރުވެރި މެޗިންގް ގްރާންޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 Nov 2026 ހަބަރު

އާރުވެރި މެޗިންގް ގްރާންޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ސަރުކާރާއި ވާރލްޑް ބޭންކް ގުޅިގެން ހިންގާ "އާރުވެރި" މެޗިންގ ގްރާންޓް ޕްރޮގްރާމްގެ – 7 ދާއިރާގެ ތެރެއިން 5 ދާއިރާއަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.