މީރާ ހިންގާ އިމާރާތް---ފޮޓޯ: ވޮއިސް
މީރާ ހިންގާ އިމާރާތް---ފޮޓޯ: ވޮއިސް
ހަބަރު 11 Nov 2026 | 10:06

އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޓެކްސް ނުދައްކާ 25 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޓެކުހުގެ ފައިސާ ނުދައްކައިވާ އަދަދު އެއް މިލިއަން ރުފިޔާއަށް ވުރެ އިތުރުވެފައިވާ 25 ފަރާތެއްގެ ނަން އެ އޮތޯރިޓީން އާންމުކޮށްފިއެވެ.

މީރާގެ ބަޔާނުގައި ވާގޮތުން، ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ އުސޫލުގެ ދަށުން މި ފަހަރު ނަން ހާމަކޮށްފައިވަނީ 2024 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރާއި، ޑިސެންބަރު 2024 އިން ޖޫން 2026 ގެ ނިޔަލަށް އާމްދަނީން ނަގާ ޓެކްސް (އިންކަމް ޓެކްސް) އަދި ޖީ.އެސް.ޓީގެ ގޮތުގައި 1,000,000ރ (އެއް މިލިއަން ރުފިޔާ) އަށް ވުރެ ގިނަ ފައިސާ ނުދައްކާ ހުރި ފަރާތްތަކެވެ.

މީރާއިން ބުނީ ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމުގެ ކުރިން، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އެ ފަރާތްތަކަށް ފޯނުން ގުޅައި ވާހަކަދައްކާފައިވާނެ ކަމަށެވެ. އަދި ޤާނޫނުގައި ކަނޑައަޅައިފައިވާ އަދަބުތަކާއި، އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ކިޔައިދިނުމުގެ އިތުރުން، އެސް.އެމް.އެސް މެދުވެރިކޮށް ވެސް އެ ކަންކަން އެ ފަރާތްތަކަށް އަންގައި ހަނދާންކޮށްދީފައިވާނެ ކަމަށް އެ އޮތޯރިޓީން ފާހަގަކުރެއެވެ.

މީގެއިތުރުން، ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ޓެކްސްގެ ފައިސާ ހޯދުމުގެ ގޮތުން، މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އަޅަންޖެހޭ އިތުރު ގާނޫނީ ފިޔަވަޅުތައް ވެސް އެއްވެސް ތަފާތުކުރުމެއް ނެތި އަޅަމުން ގެންދާނެ ކަމަށް މީރާއިން ވަނީ ބުނެފައެވެ.

އެހެންކަމުން، މިހާތަނަށް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން ލަސްނުކޮށް ބަޔާންތައް ހުށަހެޅުމަށާއި، ދައްކަންޖެހޭ ޓެކްސް ފައިސާ ވީއެންމެ އަވަހަކަށް ދައްކައި ޚަލާޞްކުރުމަށް މީރާއިން ވަނީ ޓެކްސް ދައްކާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

ޓެކްސް ނުދައްކާ ފަރާތްތަކުގެ ލިސްޓު މީރާގެ ވެބްސައިޓް (https://www.mira.gov.mv/extended/NonCompliers) މެދުވެރިކޮށް މިހާރު ފެންނަން ހުންނާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިއާދަކުރަނިވި ހަކަތަ އުފެއްދުމާއި ރައްކާކުރާ ނިޒާމުތަކަށް ރާއްޖެއަށް އިންވެސްޓްމަންޓްތައް ބޭނުންވޭ: ރައީސް
11 Nov 2026 ހަބަރު

އިއާދަކުރަނިވި ހަކަތަ އުފެއްދުމާއި ރައްކާކުރާ ނިޒާމުތަކަށް ރާއްޖެއަށް އިންވެސްޓްމަންޓްތައް ބޭނުންވޭ: ރައީސް

ރައީސްގެ ވާހަކަފުޅުގައި، 2023 ވަނަ އަހަރު ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު ކަމުގައި ހެދުމަށް ރާއްޖެއިން ކަނޑައެޅި ލަނޑުދަނޑި ހަނދާންކޮށްދެއްވިއެވެ

މޭޔަރު ސައުދުގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންދިޔުމަށް އެމްޑީޕީން ގޮވާލައިފި
11 Nov 2026 ހަބަރު

މޭޔަރު ސައުދުގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންދިޔުމަށް އެމްޑީޕީން ގޮވާލައިފި

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ކައުންސިލް ނިންމުމެއްގެ ޒިންމާ ފަރުދީ ގޮތެއްގައި ސައުދު ޢަލީ އުފުލައި އޭނާގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަކީ ޤާނޫނުއަސާސީއާއި ޤާނޫނީ ޢާންމު އުސޫލުތަކާ ފުށުއަރާ ކަމެއް ކަމަށެވެ.

މަސްވެރިންގެ ދުވަހާ ގުޅިގެން ބާއްވާ ކެއްކުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
11 Nov 2026 ހަބަރު

މަސްވެރިންގެ ދުވަހާ ގުޅިގެން ބާއްވާ ކެއްކުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 12 ވާ ހޮނިހިރު ދުވަހުއެވެ.

ޕާކިން ސިސްޓަމްތައް ބެހެއްޓުމަށް 59.9 މިލިއަން ރުފިޔާ؛ ދައުލަތަށް ވީ ގެއްލުން: އޮޑިޓް
11 Nov 2026 ހަބަރު

ޕާކިން ސިސްޓަމްތައް ބެހެއްޓުމަށް 59.9 މިލިއަން ރުފިޔާ؛ ދައުލަތަށް ވީ ގެއްލުން: އޮޑިޓް

ޕާކިން ސިސްޓަމްތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް އޮޑިޓަރ ޖެނެރަލް ވަނީ ހައުސިން މިނިސްޓަރަށް އަންގާފައި

ހއ އަތޮޅުން ފެށިގެން ބ އަތޮޅަށް މޫސުން ގޯސްވެ، ހުދު ސަމާލް
11 Nov 2026 ހަބަރު

ހއ އަތޮޅުން ފެށިގެން ބ އަތޮޅަށް މޫސުން ގޯސްވެ، ހުދު ސަމާލް

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފައިވަނީ، މިއަދު މެންދުރުފަހު 15:00 އިން ފެށިގެން މިރޭ 20:00 އާ ހަމައަށެވެ.

ސީޕްލޭންގައި ތާށިވި ޒުވާނާގެ ހާލު ވަރަށް ދެރަ، ވެންޓިލޭޓަރަށް ލައިފި
11 Nov 2026 ހަބަރު

ސީޕްލޭންގައި ތާށިވި ޒުވާނާގެ ހާލު ވަރަށް ދެރަ، ވެންޓިލޭޓަރަށް ލައިފި

އައިސީޔޫގައި ފަރުވާ ދެމުންދާއިރު މިހާރު އޮތީ ވެންޓިލޭޓަރަށް ލައިފަ އެވެ.

ސީޕްލޭނަށް ދިޔަވެ ހިނގި ހާދިސާ: ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅައިފި
11 Nov 2026 ހަބަރު

ސީޕްލޭނަށް ދިޔަވެ ހިނގި ހާދިސާ: ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅައިފި

ހާދިސާއާ ގުޅިގެން ވޯޓާ އެއިރޯޑްރޯމުން ދެމުން އަންނަ ޚިދުމަތްތައް މެދުކެނޑުމެއް ނެތި ދެމުން އަންނަ ކަމަށެވެ.

ދައުލަތުގެ ޢިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް އެކުލަވާލައްވައިފި
11 Nov 2026 ހަބަރު

ދައުލަތުގެ ޢިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް އެކުލަވާލައްވައިފި

މި މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.