ޓެކްސް ކޮމިޝަނަރު- ފޮޓޯ/ މީރާ
ޓެކްސް ކޮމިޝަނަރު- ފޮޓޯ/ މީރާ
ހަބަރު 11 Nov 2026 | 12:29

މިހާރުވެސް ރިސޯޓުތައް އޮޑިޓް ކުރަން: މީރާ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވިޔަފާރިތައް އޮޑިޓް ކުރުމުގައި ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކާއި ރިސޯޓުތައް ވެސް މިހާރު އޮޑިޓް ކުރަމުންދާ ކަމަށާއި، މި މަސައްކަތް ކުރިއަށް ގެންދަނީ ވަކި ބަޔަކަށް ބެލުމެއްނެތި ހަމަހަމަ އުސޫލަކުން ކަމަށް އެ އިދާރާއިން ބުނެފިއެވެ.

މީރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން އެ އިދާރާއާ މަތިކޮށްފައިވާ މައިގަނޑު ޒިންމާއަކީ ޓެކްސް ޤާނޫނުތައް ތަންފީޒުކުރުމާއި، ޓެކްސްއާބެހޭ ސިޔާސަތުތައް ހިންގުމާއި، ޤާނޫނީ ގޮތުން ދައުލަތަށް ނަގާ އެންމެހައި ޓެކްސް ނެގުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން ކަމަށެވެ.

އަދި ޓެކްސް ދައްކާ ފަރާތްތަކުން ޓެކްސް ހިސާބުކުރަމުން ދަނީ ޤާނޫނާ އެއްގޮތަށްތޯ ބެލުމާއި، ޤާނޫނީ ޒިންމާ އަދާކުރާކަން ކަށަވަރުކުރުމަކީ މީރާގެ ޤާނޫނީ މަސްއޫލިއްޔަތެއް ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

މި ޒިންމާ އަދާކުރުމުގައި ވިޔަފާރީގެ ބާވަތާއި ކުޑަބޮޑުމިނަށް ބެލުމުގެ ބަދަލުގައި، ހުރިހާ ފަރާތްތަކުގެ މެދުގައި ޤާނޫނު ހަމަހަމަކޮށް ތަންފީޒުކުރުމަކީ ފެށުނީއްސުރެ މީރާއިން ޢަމަލުކުރަމުންދާ އުސޫލެއް ކަމަށް އެ ބަޔާނުގައިވެއެވެ. އަދި މީރާގެ މަސައްކަތްތަކަކީ ކަނޑައެޅިފައިވާ ސްޓްރެޓެޖިކް ޕްލޭނެއްގެ ދަށުން ރޭވިގެން، އާންމު ކުރެވިފައިވާ ކޮމްޕްލަޔަންސް އިމްޕްރޫވަމަންޓް ޕްލޭނަކާ އެއްގޮތަށް ކުރަމުންދާ މަސައްކަތެއް ކަމަށް ވެސް ބުނެފައިވެއެވެ.

މީރާއިން އިތުރަށް ބުނީ، އޮޑިޓްކުރަން ކަނޑައަޅާ ފަރާތްތަކަކީ "ރިސްކް ބޭސްޑް" އުސޫލުގެ މައްޗަށް އެކުލަވާލާފައިވާ، ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް އޮނިގަނޑެއްގެ ތެރެއިން ހަމަހަމަކަމާއެކު ހޮވޭ ފަރާތްތަކެކެވެ.

އެގޮތުން މީރާއިން ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކާއި އެނޫން ދާއިރާތަކުގެ ވިޔަފާރިތައްވެސް އޮޑިޓް ކުރަމުންދާ ކަމަށާ، އަދި ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު އިންސައްތައެއް ޙިއްޞާކުރަނީ ޓޫރިޒަމް ދާއިރާއިންކަން ވެސް އެ އިދާރާއިން ފާހަގަކުރެއެވެ.

މީގެއިތުރުން، ޓެކްސް ނިޒާމުގެ ތެރެއިން ކުދި ވިޔަފާރިތަކަށް ހިސާބު ބެލެހެއްޓުމާއި، އޮޑިޓް ކުރުމާއި، އަދި ޓެކްސް ބަޔާން ހުށަހެޅުމުގައި ލުއި އިންތިޒާމުތަކެއް ހަމަޖައްސައިދީފައިވާނެ ކަމަށް މީރާއިން ބުންޏެވެ. އަދި މީރާގެ އަމާޒަކީ ވިޔަފާރިތަކާ ގުޅިގެން މަސައްކަތްކޮށް، އެހީތެރިކަން ފޯރުކޮށްދީގެން ޓެކްސް ދެއްކުން އިތުރުކުރުން ކަމަށް ވިޔަސް، ގަސްދުގައި ޓެކްސް ނުދައްކާ ފަރާތްތަކާމެދު ޤަވާޢިދުގެ ދަށުން ފިޔަވަޅު އަޅަމުންދާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.

މީރާއިން މިފަދަ ބަޔާނެއް ނެރެފައި މިވަނީ، ރާއްޖޭގެ ރިސޯޓުތަކުން ބޭންކިން ނިޒާމަށް ވަންނަންޖެހޭ ބޭރު ފައިސާ ހޯދުމަށްޓަކައި މީރާއިން ޚާއްޞަ އޮޑިޓެއް ހަދަންޖެހޭ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެފައި ވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަދައްކަވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވީ، ރާއްޖެއަށް ވަންނަ ކޮންމެ ޑޮލަރެއް ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ ނަމަ މިހާރު ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަން މިހާ ބޮޑުވެގެން ނުދާނެ ކަމަށެވެ. އަދި ރާއްޖެއަށް އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 5.9 ބިލިއަން ޑޮލަރު ލިބޭއިރު، ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަނީ އެންމެ 3.8 ބިލިއަން ޑޮލަރު (65 އިންސައްތަ) ކަން ފާހަގަކުރެއްވިއެވެ.

މީރާގެ ހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ގަވަރުނަރު ވިދާޅުވީ، ރާއްޖޭގައި ހިންގާ 185 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ނުވަތަ ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ) ދައްކަނީ އެންމެ 50 ވަރަކަށް ރިސޯޓުން ކަމަށެވެ.

"އޭގެ މާނައަކީ ކޮބައިތޯ؟ ފައިދާއެއް ނުވަނީތޯ ނުވަތަ ކޮންމެވެސް ކަހަލަ މައްސަލަތަކެއް އެބައުޅޭ. އެހެންވީމާ އެ ބޭފުޅުންގެ ހިސާބުތައް އޮޑިޓުކުރަން އެބަ ޖެހޭ ނޫންތޯ؟ ކަންމަތީ ފިހާރަތަކަށް އެކަނި ނޫން މީރާއިން ދާންވީކީ. ޓޫރިޒަމްގެ ހުރި ހިސާބުތައް ރަނގަޅުތޯ ވެސް ބަލަން އެބަ ޖެހޭ،" ގަވަރުނަރު ވިދާޅުވިއެވެ.

ގަވަރުނަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަށް ލިބޭ ކޮންމެ ޑޮލަރެއް ބޭންކިން ނިޒާމަށް ވެއްދުމަށްޓަކައި މޮނިޓަރިން ހަރުދަނާކުރަން ޖެހެއެވެ. މިގޮތުން، ރިސޯޓުތަކާއި ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ވަކި ޚާއްޞަ (ޑެސިގްނޭޓެޑް) އެކައުންޓުތަކެއް ހުޅުވުމަށް މިހާރު އަންގާފައިވާ ކަމަށާއި، އަންނަ އަހަރުގެ ތެރޭގައި އެކަންކަން އިތުރަށް ހަރުކަށިކޮށް ބަލަހައްޓަވާނެ ކަމަށް ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިއާދަކުރަނިވި ހަކަތަ އުފެއްދުމާއި ރައްކާކުރާ ނިޒާމުތަކަށް ރާއްޖެއަށް އިންވެސްޓްމަންޓްތައް ބޭނުންވޭ: ރައީސް
11 Nov 2026 ހަބަރު

އިއާދަކުރަނިވި ހަކަތަ އުފެއްދުމާއި ރައްކާކުރާ ނިޒާމުތަކަށް ރާއްޖެއަށް އިންވެސްޓްމަންޓްތައް ބޭނުންވޭ: ރައީސް

ރައީސްގެ ވާހަކަފުޅުގައި، 2023 ވަނަ އަހަރު ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު ކަމުގައި ހެދުމަށް ރާއްޖެއިން ކަނޑައެޅި ލަނޑުދަނޑި ހަނދާންކޮށްދެއްވިއެވެ

މޭޔަރު ސައުދުގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންދިޔުމަށް އެމްޑީޕީން ގޮވާލައިފި
11 Nov 2026 ހަބަރު

މޭޔަރު ސައުދުގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންދިޔުމަށް އެމްޑީޕީން ގޮވާލައިފި

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ކައުންސިލް ނިންމުމެއްގެ ޒިންމާ ފަރުދީ ގޮތެއްގައި ސައުދު ޢަލީ އުފުލައި އޭނާގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަކީ ޤާނޫނުއަސާސީއާއި ޤާނޫނީ ޢާންމު އުސޫލުތަކާ ފުށުއަރާ ކަމެއް ކަމަށެވެ.

މަސްވެރިންގެ ދުވަހާ ގުޅިގެން ބާއްވާ ކެއްކުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
11 Nov 2026 ހަބަރު

މަސްވެރިންގެ ދުވަހާ ގުޅިގެން ބާއްވާ ކެއްކުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 12 ވާ ހޮނިހިރު ދުވަހުއެވެ.

ޕާކިން ސިސްޓަމްތައް ބެހެއްޓުމަށް 59.9 މިލިއަން ރުފިޔާ؛ ދައުލަތަށް ވީ ގެއްލުން: އޮޑިޓް
11 Nov 2026 ހަބަރު

ޕާކިން ސިސްޓަމްތައް ބެހެއްޓުމަށް 59.9 މިލިއަން ރުފިޔާ؛ ދައުލަތަށް ވީ ގެއްލުން: އޮޑިޓް

ޕާކިން ސިސްޓަމްތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް އޮޑިޓަރ ޖެނެރަލް ވަނީ ހައުސިން މިނިސްޓަރަށް އަންގާފައި

ހއ އަތޮޅުން ފެށިގެން ބ އަތޮޅަށް މޫސުން ގޯސްވެ، ހުދު ސަމާލް
11 Nov 2026 ހަބަރު

ހއ އަތޮޅުން ފެށިގެން ބ އަތޮޅަށް މޫސުން ގޯސްވެ، ހުދު ސަމާލް

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފައިވަނީ، މިއަދު މެންދުރުފަހު 15:00 އިން ފެށިގެން މިރޭ 20:00 އާ ހަމައަށެވެ.

ސީޕްލޭންގައި ތާށިވި ޒުވާނާގެ ހާލު ވަރަށް ދެރަ، ވެންޓިލޭޓަރަށް ލައިފި
11 Nov 2026 ހަބަރު

ސީޕްލޭންގައި ތާށިވި ޒުވާނާގެ ހާލު ވަރަށް ދެރަ، ވެންޓިލޭޓަރަށް ލައިފި

އައިސީޔޫގައި ފަރުވާ ދެމުންދާއިރު މިހާރު އޮތީ ވެންޓިލޭޓަރަށް ލައިފަ އެވެ.

ސީޕްލޭނަށް ދިޔަވެ ހިނގި ހާދިސާ: ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅައިފި
11 Nov 2026 ހަބަރު

ސީޕްލޭނަށް ދިޔަވެ ހިނގި ހާދިސާ: ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅައިފި

ހާދިސާއާ ގުޅިގެން ވޯޓާ އެއިރޯޑްރޯމުން ދެމުން އަންނަ ޚިދުމަތްތައް މެދުކެނޑުމެއް ނެތި ދެމުން އަންނަ ކަމަށެވެ.

ދައުލަތުގެ ޢިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް އެކުލަވާލައްވައިފި
11 Nov 2026 ހަބަރު

ދައުލަތުގެ ޢިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް އެކުލަވާލައްވައިފި

މި މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.