ޑެންގީ ހުން ޖެހޭ މިންވަރު އިތުރުވެއްޖެ- އެޗްޕީއޭ
ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މިންވަރު އިތުރުވެއްޖެެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން 3195 ކޭސް ރިޕޯޓުކޮށްފައިވެއެވެ.
ވޭތުވެދިޔަ ދެއަހަރުގެ މިދުވަސްވަރާ އަޅާބަލާއިރު މިއަހަރުގެ މިދުވަސްވަރު ޑެންގީހުން ޖެހިގެން ރިޕޯޓުކުރަމުންދާ މިންވަރު ވަނީ އިތުރުވެފައެވެ. އަދި ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު ރިޕޯޓުކޮށްފައިވާ އަދަދު ވަނީ އިތުރުވެފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ ޗިކުންގުންޔާ ޖެހިގެން މިއަހަރުގެ މިހާތަނަށް 1345 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށާއި، ޖެނުއަރީ މަހުން ފެށިގެން މޭ މަހުގެ ނިޔަލަށް އެބަލި ޖޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު ގިނަ ކަމަށެވެ. ނަމަވެސް ޖޫން މަހު މިއަދަދު ވަނީ ދަށްވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް