N/A
N/A
ހަބަރު 02 Feb 2019 | 05:48

އެމްޑީޕީގެ "ތަފާތު" ރޭ ޖަލްސާއިން ނުފެނުނު!

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަކީ އެޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގަން ފެއްޓި ފުރަތަމަ ދުވަހުން ފެށިގެން ވަރަށް ފޯރީގައި ކަންތައްތައް ކުރާ ޕާޓީއެކެވެ. މުޒާހަރާއެއްވިޔަސް މުޅި ރަށް ގުޑުވާލާ، ޖަލްސާއެއް ވިޔަސް އެބީދައިން ކުރާ ބަޔެކެވެ.

އެމްޑީޕީގެ ސަޕޯޓަރުންނަށްވެސް އެމްޑީޕީ ގަޔާވާ މައިގަނޑު އެއް ސަބަބަކީ މިއީއެވެ. ރާއްޖޭގެ ދިމިކްރާތީ ނިޒާމުގެ ތެރެއިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އެންެމެ ފުރިހަމައަށް ބޭނުންކޮށް، އެމްޑީޕީއަކީ އެޕާޓީގެ އެޖެންޑާތައް ހާސިލްކުރަން ވަރަށް މޮޅަށް ދަންނަ ޕާޓީއެކެވެ.

އިިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީއަކީ ވަރަށް ހަރަކާތްތެރި ޕާޓީއެކެވެ. ޕޯޑިއަމްތަކުގައާއި ސިޔާސީ އެއްވުންތަކުގައި އެމްޑީޕީގެ ބަލާޣާތްތެރި ވާހަކަދެއްކުންތެރިން ދައްކާ ބަސްތަކަކީ ޚަބަރުތަކުގެ ފަލަސުރުހީއަށް އަަރައި، އެވާހަަކަ އަޑުއަހައި ބަަލަންހުރި މީހާގެ ލޭ ކައްކުވާލާނޭފަދަ ވާހަކަތަކެކެވެ.

އެހެނަސް، ރޭ އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ފެއްޓި ރަސްމިއްޔާތު ފެނިގެން ދިޔައީ ދިމާ އިިދިކޮޅަށެވެ.

ރޭގެ ޖަލްސާއަކީ ސަރުކާރުގެ އިއްތިހާދު ވެެރިކަމަށް އައިފަހުން ބޭއްވުނު ފުރަތަަމަ ބޮޑު ޖަލްސާއެވެ. ތެދެކެވެ. އެޖަލްސާގައި ގުނާ އަދަދުކުރަން ދަތި މިންވަރަށް މީހުން އޮތެވެ. މުޅި ރާއްޖޭގައި އެމްޑީޕީއަށް އޮތް ތާއިދު ވަރަށް މޮޅަށް ދައްކާލިއެވެ. އެހެނަސް، ރޭގެ ޖަލްސާ ދިޔައީ އެހެން ޖަލްސާތަކާއި އަޅާބަލާއިރު ވަނދުކޮށް ކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވާހަކަފުޅު ދެއްކެވިއެވެ. ކުޅަދާނަ ދެ ވާހަކަދެއްކުންތެެރިން ކަމުން އެތަނުގައި ވާހަކަ އަޑުއަހަން ތިިބި ފަރާތްތަކުގެ ޝައުގު ދަމައިގަނެވުނެވެ. ނަމަވެސް، ކުރިން އެޕާޓީގެ ޖަލްސާތަކުގައި އަޑުއިވޭހާ ޖޯޝުގެ އަތްތިލަބަޑިތަކާއި ހަޅޭކެއް، ރޭ މަދުން ނޫނީ އިވިފައެއް ނެތެވެ. އަދި މީގެ އިތުރުން ރޭގެ ޖަލްސާގެ ޒީނަތްތެރިކުރުން، އެމްޑީޕީގެ ޖަލްސާއަކާއި އަޅާބަލާއިރު ވަރަށް މަދުކަން ފާހަގަވެ، ގިނަ ފަރާތްތަކުން އެވާހަކަ ދެއްކިއެވެ.

ފަހަރެއްގައި ރޭގެ ޖަލްސާގެ ވަނދުކަމަކީ، ކޯލިޝަން ތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމުގެ އަލިފާން ގަނޑަށް އިތުރު ތެޔޮ ނޭޅުމަށް ކުރިކަމަކަށް ވެދާނެއެވެ.

ނޫނީ ސަރުކާރު ހިންގާ ޕާޓީކަމަށްވުމުން ހިފަހައްޓަންޖެހޭ މިންގަނޑެއް ހިފެހެއްޓީކަމަށް ވެދާނެއެވެ. ހަގީގަތުގައި އެމްޑީޕީ ވިޔަސް ކޮންެމެ ޖަލްސާއެއް ފޯރިގަދަވާކަށް ނުޖެހޭނެއެވެ. ނަަމަވެސް އޮޑު ކަމަކަށް ވީމާ އެވާހަކަ ޢާންމުންދައްކާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...