ޕްރައިމަރީ ގްރޭޑްތަކަށް ދިވެހި ޓީޗަރުން ނުލިބުމުން ބިދޭސީ ޓީޗަރުން ގެންނަނީ
ޕްރައިމަރީ ގްރޭޑްތަކުގައި ކިޔަވައިދޭ ދިވެހި ޓީޗަރުންގެ އަދަދު މަދުވުމާއި ގުޅިގެން ބިދޭސީ ޓީޗަރުން ގެނައުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެގޮތަށް ހަމަޖައްސަން ޖެހުނީ ވިހެއުމާއި ގުޅިގެން ދޭ ހަމަހުގެ ޗުއްޓީއާއި އެހެނިހެން ސަބަބުތަކާއި ހެދި ވަގުތީ ގޮތުން ދިވެހި ޓީޗަރުން ހޯދަން އިއުލާންކުރުމުންވެސް ނުލިބުމުންކަމަށެވެ.
ވަގުތީ ޓީޗަރުން ގެނައުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޕްރައިމަރީ ގްރޭޑްތަކަށެވެ.
ސިިވިލް ސާރވިސް ކޮމިޝަނުން ނިންމާފައިވާ ގޮތުގައި މެޓާނިޓީ ލީވް ނަގާ މުވައްޒަފުންގެ ބަދަލުގައި ވަގުތީ މުވައްޒަފުން ހޯދުމަށް ސަރުކާރުގެ އިދާރާތަކަށް އިއުލާންކުރެވޭނެއެވެ.
ޕްރައިމަރީ ގްރޭޑްތަކުގައި ފަހަކަށް އައިސް ގިނައިން ކިޔަވައިދެނީ ދިވެހި ޓީޗަރުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް