ފުލުހުންގެ ބަންދުގައި ހުރި ކޮޅުފުށީގައި ކައުންސިލްގެ ނައިބް ރައީސް ފިލައިފި
މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން މ.ކޮޅުފުށީގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ފިލައިފިއެވެ.
ބައެއް މީޑިޔާތަކުން މައުލޫމާތު ދޭގޮތުގައި ކޮޅުފުށީ ޕޮލިސް ސްޓޭޝަންގެ ކުޑަދޮރުން ފުންމާލައިގެން ރޭ ފަތިހު ފިލާފައިވަނީ އެރަށު ކައުންސިލްގެ ނައިބު ރައީސެވެ.
ޖައުފަރު މޫސާ ހައްޔަރުކުރީ އިއްޔެ ހަވީރު ކޮޅުފުއްޓަށް ދިޔަ ދޯންޏަކުން ގެންދިޔަ ފޮށިގަނޑެއް ހިފައިގެން ދަނިކޮށެވެ.
އެ ފޮށިގަނޑުގައި މަސްތުވާތަކެތި ހުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޖައުފަރު ފުލުހުންގެ ބަންދުން ފިލިކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެެވެ. އޭނާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް