އިހްސާން ފިހާރައިން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ ތެރެއިން ނަސީބުވެރި ފަރާތާ ސައިކަލް ހަވާލުކުރަނީ... ފޮޓޯ: އިހްސާން ފިހާރަ
އިހްސާން ފިހާރައިން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ ތެރެއިން ނަސީބުވެރި ފަރާތާ ސައިކަލް ހަވާލުކުރަނީ... ފޮޓޯ: އިހްސާން ފިހާރަ
ވިޔަފާރި 15 Jan 2026 | 17:50

އިހްސާން ފިހާރައިން ކުރިއަށްގެންދިޔަ އިޔަ އެންޑް ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވައިފި

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

އިހްސާން ފިހާރައިން ކުރިއަށްގެންދިޔަ "އިޔަ އެންޑް ޕްރޮމޯޝަން" ގެ ނަސީބުވެރި ފަރާތްތައް ހޮވައިފިއެވެ.

އާއްމުންގެ މެދުގައި ވަރަށްބޮޑު މަގްބޫލުކަމެއް ލިބިފައިވާ އިހްސާން ފިހާރައިން ކުރިއަށްގެންދިޔަ މި ޕްރޮމޯޝަން ކުރިއަށްގެންގޮސްފައިވަނީ ކަސްޓަމަރުންނަށް އަގުހުރި އިނާމްތައް ލިބޭގޮތަށެވެ. މީގެ ތެރޭގައި ފައިސާގެ އިނާމްވެސް ހިމެނެއެވެ.

މިދިޔަ ނޮވެމްބަރުމަހުގެ 11 ވަނަ ދުވަހު ފެށި އެ ޕްރޮމޯޝަން ކުރިއަށްގެންގޮސްފައިވަނީ މިހިނގާ ޖެނުއަރީމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަނަށް ކަނޑައެޅި އިނާމްތަކުގެ ތެރޭގައި ޝީޝާ އާއި އިހްސާން ފިހާރައިން ހުށަހަޅާފައިވާ ހޮންޑާގެ އެއަރ ބެލެޑްގެ ފަހުގެ ސައިކަލެއްގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކާއި ގުޅިގެން މި ޕްރޮމޯޝަނުގެ ނަސީބްވެރި ފަރާތްތަކަށް ދިނުމަށް ކަނޑައެޅި 100،000 ރުފިޔާ ފާހަގަކޮށްލެވެއެވެ. މި ޕްރޮމޯޝަނުގެ ދަށުން ގުރުއަތުން ހޮވުނު 20 ފަރާތަކަށް 5000 ރުފިޔާ އިސްލާމިކް ބޭންކު މެދުވެރިކޮށް ދިނުމަށް ވަނީ ނިންމާފައެވެ.

ނަސީބުވެރި ފަރާތާ ފައިސާގެ އިނާމް ހަވާލުކުރަނީ.. ފޮޓޯ: އިހްސާން ފިހާރަ

އިހްސާން ފިހާރައިން ވަނީ ޕްރޮމޯޝަންގެ ތެރެއިން ޓިކްޓޮކް ޗެލެންޖެއް ކުރިއަށްގެންގޮސް އެއްވަނަ ފަރާތަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއްވެސް ދީފައެވެ.

ޓިކްޓޮކް ޗެލެންޖުގެ ނަސީބުވެރި ފަރާތާ ފައިސާގެ އިނާމް ހަވާލުކުރަނީ.. ފޮޓޯ: އިހްސާން ފިހާރަ

ނަސީބްވެރި ފަރާތްތައް ހޮވުން ކުރިއަށް ގެންގޮސްފައިވަނީ، ޓިކްޓޮކް ލައިވް މެދުވެރިކޮށެވެ. ޕްރޮމޯޝަނުގައި ދޫކޮށްލި ސައިކަލްގެ ނަސީބުވެރިޔަކީ ހަދީޖަތު ޝަޒުރާއެވެ.

ނަސީބުވެރި ފަރާތާ ފައިސާގެ އިނާމް ހަވާލުކުރަނީ.. ފޮޓޯ: އިހްސާން ފިހާރަ

އިޔަ އެންޑް ޕްރޮމޯޝަނުގެ އިތުރުން އިހްސާން ފިހާރައިން ވަނީ ކުރިއަށްއޮތް ރަމަޟާންމަހަށް ހާއްސަކޮށްވެސް ޕްރޮމޯޝަނެއް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. މި ޕްރޮމޯޝަނުގައިވެސް ކަސްޓަމަރުންނަށް އަގުހުރި އިނާމްތަކެއް ކަނޑައެޅިގެންދާނޭކަމަށް އިހްސާން ފިހާރައިން ބުނެއެވެ.

އިހްސާން ފިހާރައިން ބުނީ ރޯދަ ޕްރޮމޯޝަނުގައި އަގުުހުރި ގިނަ އިނާމްތަކެއް ކަނޑައެޅިގެންދާއިރު، އިހްސާން ވެގެންދާނީ ސުޕަމާޓް ވިޔަފާރީގެ ތެރެއިން ކަސްޓަމަރުންނަށް އެންމެގިނަ އިނާމްތައް ދޭ ފިހާރައަށްކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް