ޕޯސްޓަރ--ސިމްޑީ
ޕޯސްޓަރ--ސިމްޑީ
ވިޔަފާރި 10 Jun 2023 | 11:37

ގޭގައި ގެންގުޅޭ ތަކެތިން %20 ޑިސްކައުންޓް ލިބޭ ސިމްޑީގެ "ހޯމް ސްވީޓް ހޯމް 2023" ޕްރޮމޯޝަން ފަށައިފި

ގޭގައި ގެންގުޅޭ ތަކެތިން %20 ޑިސްކައުންޓް ލިބޭ ސިމްޑީގެ "ހޯމް ސްވީޓް ހޯމް 2023" ޕްރޮމޯޝަން ފަށައިފިއެވެ.

މިދިޔަ މަހު 27 ވަނަ ދުވަހު ފެށުނު މި ޕްރޮމޯޝަން މި ޖޫން މަހުގެ 30 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެ ކަމަށް ސިމްޑީން ބުނެއެވެ.

ސިމްޑީން ބުނީ، މި ޕްރޮމޯޝަންއަކީ ގޭގައި ގެންގުޅޭ ސާމާނުތައް އައު ކޮށްލައި، އިތުރު އާރޯކަމެއް ގެނެސްދިނުމަށް ރަނުގެ ފުރުސަތެއް ކަމަށެވެ. އެގޮތުން މި ޕްރޮމޯޝަންގެ ދަށުން، ވެކިއުމް ކްލީނަރ އާއި، މައިކްރޯވޭވްސް އާއި، އަވަނާއި، ފުރިޖާއި، ކުރިމަތީގައި ދޮރު ލާފައި ހުންނަ ދޮންނަ މެޝިނާއި، ހިއްކާ މެޝިނާއި، ކޮފީ މެޝިނާއި، އަދި މިނޫންވެސް ގޭގައި ބޭނުންކުރާ ސާމާނުތަކުން ވިޔަފާރި ކުރުމުން ޑިސްކައުންޓް ލިބިގެންދާނެ ކަމަށް ސިމްޑީން ބުނެއެވެ.

މިއީ ބޭނުން ކޮށްލަން ފަސޭހަ، ފަހުގެ ޓެކްނޮލޮޖީގެ ވަސީލަތްތައް ހެޔޮ އަގުގައި ގަތުމަށް ލިބިފައިވާ ފަހި ފުރުސަތެއް ކަމަށް ސިމްޑީން ދެކެއެވެ.

ސިމްޑީން އިތުރަށް ބުނީ، މި ޕްރޮމޯޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، ނީލޯފަރު މަގުގައި، ގ. ގްރީން ލައިންގައި ހުންނަ ސިމްޑީ ރެސޫ ޝޯރޫމް ވަޑައިގެން ތަކެތި ބައްލަވައި ގަނެވޭނެ ކަމަށާ، އަދި ކަސްޓަމަރުންނަށް ބޭނުންވާ ސާމާނު ހޯދައިދީ، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ފިހާރައިގެ ކަސްޓަމަރ ކެއާ މުވައްޒަފުން އަބަދުވެސް ތިބޭނެކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް