ހަތިޔާރާއި އެކު ސިފައިންގެ ތަމްރީންތަކެއް މާލެ ސަރަަހައްދުގައި ބާއްވަނީ
ހަތިޔާރާއި ގޮވާތަކެއްޗާއި އެކު ސިފައިންގެ ތަމްރީންތަކެއް، މާލެއާއި ހުޅުމާލޭގައި އޮންނާނެކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
ޑިފެންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އަންނަ އާދީއްތަ ދުވަހު އޮންނަ މި ތަމްރީންތަކުގައި، ހެނދުނު އަށަކުން އެދުވަހުގެ ހަވީރު ފަހެއް ޖަހަންދެން މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ސިފައިން ހަރަކާތްތެރިވާނެކަމަށް ވަނީ ބުނެފައެވެ.
މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއި އެކު ޙަރަކާތްތެރިވެ، ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރުމަށްވަނީ ހަމަޖެހިފައިވާކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
އެމްއެންޑީއެފުން މީގެ ކުރިން ވެސް މާލޭގައި ހަތިޔާރާ އެކު ތަމްރީންތައް ކުރިއަށް ގެންގޮސްފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް