ކޯޓުން އަންގާފައިވަނީ މައްސަލަ، ފަނޑިޔާރުންގެ ބެންޗަކުން ބަލަން ނިންމާފައިވާކަން އެކަނި: ވަކީލުން
"ރައީސް ޔާމީންގެ ޝަރީއަތް އަލުން ހިންގަން ނިންމައިފި"، މި ސުރުޚީގެ ދަށުން މި ނޫހުގައި މިއަދުގެ ވަގުތެއްގައި ވާނީ ޚަބަރެއް ޝާއިއުކުރެވިފައެވެ.
މިކަމާއި ގުޅިގެން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމާއި ހަވާލާދީ ވޮއިސްއަށް މައުލޫމާތުދެއްވަމުން ޕީޕީއެމްގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ގާނޫނީ ވަކީލުންނަށް އެ ކޯޓުން އަންގާފައިވަނީ އެ މައްސަލަ ފަސް ފަނޑިޔާރުންގެ ބެންޗަކުން ބަލަން ނިންމާފައިވާކަން އެކަނި ކަމަށެވެ.
ވޮއިސް އިން ކުރިން ދެންނެވިފައިވާ ހަބަރު ގެނެސްދެވިފައި ވީނަމަވެސް މިހާތަނަށް ކްރިމިނަލް ކޯޓުން މިކަން ކަށަވަރުވެފައި ނުވާކަން ފާހަގަކޮށްލަމެވެ.
އެހެންކަމުންް މި ޚަބަރުގެ ސަބަބުން އެންމެހާ ފަރާތްތަކަށް ދިމާވި ދަތިކަމާއި ނުތަނަވަސްކަމަށް ވޮއިސް ފަރާތުން ނިހާޔަތަށް މައާފަށް އެދެމެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް