ބްރިޖުގައި އެކްސިޑެންޓެއް؛ ދެ އަންހެނަކަށް އަނިޔާވެއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ބްރިޖުގައި އެކްސިޑެންޓެއްގައި ދެ އަންހެނަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ މިރޭ 10:17 ހާއިރު ސިނަމާލެ ބްރިޖު، މާލެ އިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ސައިކަލެއްގައި ފަހަތުން އައި ކާރެއް ޖެހި އެކްސިޑެންޓްވެފައިވާ މައްސަލަ ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި ސައިކަލުގައި ތިބި ދެ އަންހެނުންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އެ މީހުންނަށް ސީރިއަސް އަނިޔާތަކެއް ނުވެ އެވެ.
ފުލުހުން ބުނީ ކާރު ދުއްވި މީހާގެ ލައިސަންސް ހިފަހައްޓާ އެކްސިޑެންޓާއި ގުޅިގެން ތަހުގީގު ފަށާފައިވާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް